ކ. މާލެ
|
1 މެއި 2020 | ހުކުރު 17:08
ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންތަކެއް
ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންތަކެއް
އަލްޖަޒީރާ
އޮސްޓްރޭލިޔާގަ ގަސްކެނޑުން ހުއްޓުވުން
އޮސްޓްރޭލިއާގައި ގަސްކެނޑުން ހުއްޓުވުމަށް ބާރުއަޅަނީ
އޮސްޓްރޭލިއާ އަލިފާން އަށްލައްކަ ނުވަދިހަ ހާސް ސަރަހައްދަކަށް ފެތުރިފައިވޭ
ބިލިއަނަކާ ގާތްކުރާ އަދަދަށް ޖަނަވާރުން މަރުވެފައިވޭ
22000ށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވޭ

އޮސްޓްރޭލިއާގައި ގަސްކެނޑުން ހުއްޓުވުމަށް އެޤައުމުގެ އެކްޓިވިސްޓުން، ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އޮސްޓްރޭލިއާގެ އެކި ޞަރަޙައްދުތަކުގައި ރޯވި އަލިފާން ކޮންޓްރޯލް ނުކުރެވި އަށްލައްކަ ނުވަދިހަ ހާސް ޞަރަޙައްދަކަށް ފެތުރިފައިވެއެވެ. އަލިފާނުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ހަލާކުވެ ގާތްގަނޑަކަށް ބިލިއަނަކާ ގާތްކުރާ ޢަދަދަކަށް ދިރޭ ޖަނަވާރު މަރުވެފައިވެއެވެ. މިއަލިފާނުގެ ޙާދިސާތަކާއި ގުޅިގެން ޖަންގަލިތަކުގައި ހުރި ގިނަ ޢަދަދެއްގެ ގަސް ވަނީ ނެތިގެން ގޮސްފައެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތިމާވެށި ޙިމާޔަތްކުރާ ފަރާތްތަކުން، ގަސްކެނޑުން ހުއްޓުވުމަށް އެދި އޮންލައިން ޕެޓިޝަނެއް ތައްޔާރުކޮށް ސަރުކާރަށް ހުށަހެޅުމުގެ މަސައްކަތްތަކެއް މިހާރުު ދަނީ ކުރަމުންނެވެ. އޮންލައިން ޕެޓިޝަނެއް ހުށަހަޅަން ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން މަގުމައްޗަށް ނުކުމެ މުޒާހަރާ ނުކުރެވޭތީއެވެ.

މަޢުލޫމާތު ލިިފައިވާގޮތުގައި، މިޕެޓިޝަނުގައި މިހާތަނަށް 22000ށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.

- ކޮމެންޓް