ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 01:11
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
މިނިވަން ޗެމްޕިއަންޝިޕް
ހިރިމަރަދޫ ބަލިކޮށް ފައިނަލް ފުރަތަމަ ޖާގަ ކުޅުދުއްފުއްޓަށް
ކުޅުދުއްފުށިން މިއަދުގެ މެޗު ކާމިޔާބުކުރީ 2-0 އިން
ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ ޓީމެއް މާދަމާގެ މެޗަށްފަހު އެނގޭނެ

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ހދ. އަތޮޅު ބުރުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުޅުދުއްފުށި ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ކުޅުދުއްފުށިން ކަށަވަރުކުރީ އާދިއްތަ ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހިރިމަރަދޫ އަތުން 2-0 އިން މޮޅުވެގެން ނެވެ.

ކުޅުދުއްފުށީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ 8 ވަނަ މިނެޓުގައި ލަނޑެއްޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސާމިލް އެވެ.

މި ލަނޑަށްފަހު ވެސް ކުޅުދުއްފުށިން މޮޅު ކުޅުމެއް ދައްކަމުންދިޔަ އިރު އެޓީމުން ވަނީ މިހާފުގައި އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި ހިރިމަރަދޫގެ މައްޗަށް ކުޅުދުއްފުށި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މިނެޓެއް ވެސް ނުވެ ކުޅުދުއްފުށިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު 46 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާސިފް ސަލީމް އެވެ.
ހދ. އަތޮޅުގެ ބުރުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ހަނިމާދޫ އާއި ނޮޅިވަރަމް އެވެ.
މި މުބާރާތުގެ ހދ. އަތޮޅު ބުރު ކުރިއަށްދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ކުޅުދުއްފުށްޓާއި، ކުރިނބީ އަދި ކުމުންދޫ އެވެ.

ގްރޫޕް ބީގައި ނޮޅިވަރަމާއި، ފިނޭ އަދި ނޮޅިވަރަންފަރު ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދުއާއި، ނޭކުރެންދޫ އަދި ހިރިމަރަދޫ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް