ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 21:44
އާސެނަލްގެ މެޗަށްގައި ވެންގާ އިރުޝާދު ދެނީ
އާސެނަލްގެ މެޗަށްގައި ވެންގާ އިރުޝާދު ދެނީ
ގޫގުލް
ވެންގާ އިސްތިއުފާ
އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ
ލީގު ތައްޓެއް ނުލިބޭތާ 13 އަހަރު
21 އަހަރު ކުލަބާއި އެކު ހޭދަކޮށްފި
ރިޓަޔަރ ކުރަނީ ޒުވާނުން ކަމަށްބުނި

އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން ކަމަށް ބުނަމުން އާސެނަލްގައި އިތުރަށް ކުރިއަށްދިޔުމަށް ނިންމާފައިވާ އެ ކުލަބުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

 

މީގެ ކުރިން ރިޓަޔަރ ކުރުމުގެ ވިސްނުން ބަދަލުކޮށް އަންނަ ސީޒަނުގައި ވެސް އާސެނަލް އާއެކު ކުރިއަށްދާ ނިންމާފައިވާ ވެންގާ ޤަބޫލުކުރާ ގޮތުގައި އޭނަގެ އުމުރުގެ މީހުންގެ ރިޓަޔަމަންޓަކީ މަރުވުމެވެ.

 

އިނގިރޭސި ލީގުގެ ހަވަނައަށް އާސެނަލް ވެއްޓުމާއިއެކު އެކުލަބުގެ ސަޕޯޓަރުންގެ ފާޑު ކިޔުންތައް ވަނީ ވެންގާއަށް އިންތިހާއަސް އަމާޒުވެފައެވެ.

 

މި ފަހަކަށް އައިސް ލީގުގެ ގިނަ މެޗުތަކުން ބަލިވުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކްގެ އަތުން 2-10 ގެ އެގްރިގޭޓުން ބަލިވުމަކީ ވެންގާ ހޫނު ފެނަށް ވެއްޓެން ދިމާވި އެންމެބޮޑު އެއް ކަންތަކެވެ.

 

ސަޕޯޓަރުންނާއި އެތައް ބަޔެްއގެ ފާޑުކިޔުންތައް އަމާޒްވި ނަމަވެސް 1996 ވަނަ އަހަރުން ފެށިގެން އާސެނަލްއަށް ކޯޗުކޮށްދެމުން އަންނަ ވެންގާ ބުނެފައި ވަނީ ރިޓަޔަރ ކުރުމުގެ ވިސްނުމެއް މިހާރު އޭނާގެ ނެތް ކަމަށެވެ.

 

"ރިޓަޔަރ ކުރުމަކީ ޒުވާނުންނަށް އޮތް ކަމެއް، އަހަރުމެން ކަހަލަ ދުވަސްވީ މީހުންނަށް ރިޓަޔަރ ކުރުމަކީ މަރުވުން" ވެންގާ ބުނެފައިވެއެވެ.

 

މި ސީޒަނުގެ ނިޔަލަށް ވެންގާ އާސެނަލްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އިތުރު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް އެކުލަބުން ވަނީ ހުށަހަޅާފައެވެ.

 

މީގެ ކުރިން ވެންގާ ވަނީ އޭނާގެ މުސްތަޤްބަލާމެދު ގޮތެއް ވަރަށް އަވަށް ނިންމާނެ ކަމަށެވެ.

 

 އާސެނަލްއާއެކު ހޭދަކުރި މުއްދަތު 21 އަހަރު ފުރެން ގާތްވެފައިވާއިރު، އެކުލަބަށް ޕްރެމިއަރ ލީގެއް ކާމިޔާބުކޮށް ނުދެވޭތާ 13 އަހަރު ވެއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް