ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ 180 އޮފިސަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ސްރީލަންކާގެ އަސްކަރިއްޔާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، ކޮވިޑް-19 އަށް ޕޮޒޮޓިވްވެފައިވަނީ އެޤައުމުގެ "ނޭވަލް ކޮމްޕްލެކްސް-ވެލިސަަ" ގައި ތިބި އޮފިސަރުންނެވެ.
ސްރީލަންކާ ސަރުކާރުން ކޮވިޑް-19ގެ މަސައްކަތްތައް ވިލަރެސް ކުރަން އެކުލަވާލާފައިވާ ނޭޝަނަލް އޮޕަރޭޝަން ސެންޓަރުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާ ވިދާޅުވީ، ކަނޑުގެ އަަސްކަރިއްޔާގެ ތެރެއިން 112 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ މަޤާމުގެ ޒިންމާ އުފުލަމުންދަނިކޮށްކަމަށެވެ. އަދި އަނެއް 68 އޮފިސަރުން ވައިރަސްއަށް ޕޮޒިޓިވްވީ ޗުއްޓީގައި ތިއްބާކަމަށެވެ.
ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރުންތަކެއް ކޮވިޑް-19 އަށްް ޕޮޒިޓިވްވުމާއި ގުޅިގެން މަސައްކަތްތަކައް ބޭނުންކުރާ ކޮމްޕްލެކްސްއާއި، އޮފިސަރުން ތިބޭ ބެރެކްސްތައް ޑިސްއިންފެކްޓްކޮށް، ނޭވީ ކޭމްޕުތައް އައިސޮލޭޝަން ފެސިލިޓީސްތަކުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަކަމަށްވެސް ޝަވެންދްރަ ސިލްވާ ވިދާޅުވިއެވެ. އަދި ވައިރަސް ޖެހުނު މީހުންނާއި އެކި ޙައްޞިއްޔަތުތަކުން ދިމާވެފައިވާ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާއި، މިވަގުތު އެންމެ އިސްކަމެއްދެއްވާނީ ކްލޯސް ކޮންޓެކްޓްސް" ވައިރަސްއަށް ޓެސްޓުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޤައުމުގެ އަސްކަރިއްޔާއިން ދަނީ އަސްކަރިއްޔާގެ އެހެނިހެން ގުނަވަންތަކުގެ އޮފިސަރުން ވައިރަސްއިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އަދި ވައިރަސް ޖެހޭ މީހުން ކަރަންޓީންކޮށް ނުވަތަ އައިސޮލޭޓް ކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަންކުރާނެ އިންތިޒާމު ހަމަޖައްސާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަސްކަރިއްޔާގެ ވެލްފެއަރ ޕްރޮގުރާމުގެ ތެރެއިން ވައިރަސްޖެހޭ މީހުންނަށް ކެއުން ބުއިމާއި، ބޭސްފަރުވާގެ ހުރިހައި އިންތިޒާމުތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.
"ނޭވަލް ކޮމްޕްލެކްސް- ވެލިސަރަ" ނުވަތަ ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާގެ މައިމަރުކަޒުގައި ހުންނަ ނޭވީ ޖެނެރަލް ހޮސްޕިޓަލް މިހާރުވަނީ ކޮވިޑް-19 އަށް ފަރުވާދެވޭގޮތައް ތައްޔާރުކޮށްފައެވެ.