ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެމެރިކާއަށް އެހީތެރިވެދިނުމަށް ތުރުކީ އިން ނިންމައިފިއެވެ.
ބޭރުގެ މީޑިއާއެއް ކަމަށްވާ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން ތުރުކީއިން ވަނީ އެމެރިކާއަށް މެޑިކަލް ސަޕްލައި ދިނުމަށް ނިންމާފައެވެ.
އޭގެ ތެރޭގައި N95 މާސްކާއި، ފޭސް ޝީލްޑް، ސަރޖިކަލް މާސް، ގައުން އަދި ޑިންއިންފެކްޓެންޓް ޑެލިވަރ ކުރުމަށްވަނީ ނިންމާފައެވެ.
- 500,000 ސަރޖިކަލް މާސްކް
- 40,000 ގައުން
- 1500 ގޮގްލްސް
- 400 N95 މާސްކް
- 500 ފޭސް ޝީލްޑް
ތުރުކީއިން ވަނީ މީގެކުރިން 55 ގައުމަކަށް މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދީފައެވެ.
މިހާތަނަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.