ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 06:45
އޮސްޓްރޭލިއާގެ މަގެއް
އޮސްޓްރޭލިއާގެ މަގެއް
އޭއެފްޕީ
ކޮވިޑް-19 އޮސްޓްރޭލިއާ
އޮސްޓްރޭލިއާގެ އަވަށްތަކުގައި ގޭގެއަށް ޒިޔާރަތްކުރުން ހުއްދަކޮށް، ބީޗްތައްވެސް ހުޅުވާލައިފި
ސިޑްނީގެ 3 ބީޗެއް އާންމުންނަށް ހުޅުވާލާފައިވޭ
ނިއު ސައުތް ވޭލްސްގައި ގޭގެއަށް ޒިޔާރަތްކުުރުން ވަނީ ހުއްދަކޮށްފައި
ބަލީގެ އަލާމަތްތައް ހުންނަ މީހުން ބޭރަށް ނުކުމެ އުޅުން އަދިވެސް އޮތީ މަނާކޮށްފަ

އޮސްޓްރޭލިއާގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ބައެއް އަވަށްތަކުގައި ގޭގެއަށް ޒިޔާރަތްކުރުން ހުއްދަކޮށް، ބައެއް ބީޗްތައްވެސް އާންމުންނަށް ހުޅުވާލައިފިއެވެ.

އަންގާރަ ދުވަހު އޮސްޓްރޭލިއާގެ އަވަށެއްކަމަށްވާ ސިޑްނީގެ 3 ބީޗެއް އާންމުންނަށް ހުޅުވާލާފައިވާއިރު، ނިއު ސައުތް ވޭލްސްގައި ގޭގެއަށް ޒިޔާރަތްކުުރުން ވަނީ ހުއްދަކޮށްފައެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކުރާއިރު، ކުޑަކުދިން ގޮވައިގެން ދިއުން ހުއްދަ ކޮށްފައިވީނަމަވެސް، ބަލީގެ އަލާމަތްތައް ހުންނަ މީހުން ބޭރަށް ނުކުމެ އުޅުން އަދިވެސް އޮތީ މަނާކޮށްފައެވެ.

އޮސްޓްރޭލިއާގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް ފެންނަ އައު ކޭސްތަކުގެ ނިސްބަތް މިހާރު އުޅެނީ 1 އިންސައްތައިގައެވެ. ނަމަވެސް އެ ޤައުމުގައި ވައިރަސް ފެތުރުނުއިރު، ދުވާލެއްގެ މައްޗަށް 25 އިންސައްތަ އައު ކޭސްތައް ފެންމަތިވެއެވެ.

އެކަމާ ގުޅޭގޮތުން އެޤައުމުގެ ހެލްތު މިނިސްޓަރ، ގްރެގް ހަންޓް ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަރުވާ މީހުންގެ ނިޞްބަތް %10 ގައި އޮތް ނަމަވެސް، އޮސްޓްރޭލިޔާއަށް ވައިރަސް ފެތުރޭ މިންވަރާއި އަދި މަރުވާ މީހުންގެ ނިޞްބަތް ދަށްކުރެވިފައިވަނީ، ކުރިޔާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް ކޮވިޑް-19 ގެ 6723 ކޭސް ފެނިފައިވާއިރު، ވައިރަސްގެ ސަބަބުން 84 މީހަކު އެ ޤައުމުން މަރުވެފައިވެއެވެ. އެ ޤައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އަލާމަތްތައް ނުފެންނަ މީހުންވެސް ދަނީ ޓެސްޓް ކުރަމުންނެވެ.

- ކޮމެންޓް