މުޅި ދުނިޔެއިން ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ ޢަދަދު ތިން މިލިއަނަށް އަރަފިއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން, ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ހޯމަދުވަހު ވަނީ3,004,887އަރާފައެވެ.
ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ ޢަދަދަަކަށް ވައިރަސްއަށް ޕޮޒިޓިވްވީވެސް އަދި މަރުވީވެސް އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް987,322މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 55،400ށް ވުރެ ގިނަ މީހުން ވަނީ ފަރުވާދެމުން ދަނިކޮށް ޙާލުދެރަވެގެން މަރުވެފައެވެ. އަދި 883,008 މީހުން ވަނީ ފަރުވާދީން ރަނގަޅު ކުރެވިފައެވެ. މިއީ، ވައިރަސް ޖެހުނު މީހުންގެ ޖުމުލު ނިޞްބަތާއި އަޅާ ބަލާއިރު ވަރަށް ދަށް އަަދަދެކެވެ.
ދުނިޔޭގެ 215 ޤައުމަކުން/ޓެރިޓަރީސްއަކުން ވައިރަސް ފެނިފައިވާއިރު، އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޔޫރަޕުގެ ޤައުމުތަކުންނެވެ. އެގޮތުން ސްޕެއިނާއި، އިޓަލީވިލާތާއި، ފަރަންސޭސިވިލާތާއި، އިނގިރޭސި ވިލާތުން ގިނަ ޢަދަދެއްގެ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.
ސްޕެއިނުން (226,629 ޕޮޒިޓިވް ކޭސް/23,190 މަރު/23,190 ފަސޭހަވި)، އިޓަލީވިލާތުން (197,675 ޕޮޒިޓިވް ކޭސް/26,644 މަރު/ 26,644 ފަސޭހަވި)، ފަރަންސޭސިވިލާތުން (162,100 ޕޮޒިޓިވް ކޭސް/22,856 މަރު/44,903 ފަސޭހަވި) އަދި ޖަރުމަން ވިލާތުން (157,770 ޕޮޒިޓިވް ކޭސް/5,976 މަރު/114,500 ފަސޭހަވި) އެވެ.
ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ ގިނަ ޤައުމުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި
ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަަަދަދު 3 މިލިއަނަށް އަރާފައިވާއިރު، ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު
މިލިއަނަކަށް އަރާފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. އެއަށްފަހު އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މި ޢަދަދު 2 މިލިއަނަށް އަރާފައިވާއިރު، އޭގެ 6 ދުވަސްފަހުން މި ޢަދަދު 2.5 މިލިއަނަށް އިތުރުވެގެންގޮސްފައެވެ.