ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 12:31
އިއްތިހާދު އެއަރވޭސްގެ ފްލައިޓެއް
އިއްތިހާދު އެއަރވޭސްގެ ފްލައިޓެއް
-
އިއްތިހާދުގެ ދަތުރުތައް ފެށުން
އިއްތިހާދު އެއަރވޭސްގެ ދަތުރުތައް ފަށަނީ
ދަތުރުތައް ފަށާނީ މޭއި މަހުގެ އެއްވަނަ ދުވަހު
ދަތުރުތައް ފަށާނެކަން އިޢުލާނުކުރި ނަމަވެސް މަންޒިލްތަކެއް އަދި ހާމަކޮށްފައެއް ނުވޭ

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އުދުހުންތައް ހުއްޓާލާފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެއަރލައިނެއް ކަމަށްވާ އިއްތިހާދު އެއަރވޭސްގެ ދަތުރުތައް ފަށައިފިއެވެ.

ކޮވިޑް-19 އެޤައުމުގައި ފެތުރެން ފެށުމުން އެ ޤައުމުން އެޅި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ގޮތުން އިއްތިހާދު އެއަރވޭސް އިން ވަނީ ފަސިންޖަރުން އުފުލުން ހުއްޓާލާފައެވެ. މީގެ ކުރިން އިއްތިހާދުގެ ފްލައިޓްތައް އޮޕަރޭޓް ކޮށްފައިވަނީ ހަމައެކަނި އެ ޤައުމުގައި ތާށިވެފައި ތިބި ގަލްފު ޤައުމުތަކުގެ މީހުން އަނބުރާ އެމީހުންގެ ޤައުމުތަކަށް ގެންދިއުމަށް ސަރުކާރުގެ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ.

އިއްތިހާދު އެއަރވޭސް އިން ބުނެފައިވަނީ އަންނަ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމަޔަށް ފަސިންޖަރުން އުފުލާ ފްލައިޓުތައް އޮޕަރޭޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދަތުރުތައް ފަށާކަން އިޢުލާނު ކުރި ނަމަވެސް ދަތުރުތަކުގެ އަގުތަކާއި، ދަތުރުކުރަން ނިންމާފައިވާ މަންޒިލްތަކުގެ ތަފުޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް