މަސްޖިދުލް ހަރަމުގައި ތަރާވީހު ނަމާދު ގައިދުރުކުރަން ބަހައްޓައިގެން ކުރިއަށްގެންގޮސްފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރަމަޟާން މަހުގެ ތަރާވީހު ނަމާދު ދެ ހަރަމްފުޅުގައި ކުރާގޮތަށް ސައުދީގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒް ނިންމަވާފައިވާއިރު ތަރާވީހު ނަމާދުކުރަމުންދަނީ ގައިދުރުކުރަން ބަހައްޓައިގެންނެވެ.
ސައުދީ އަރަބިއާގެ އެންމެ މުޤައްދަސް ދެ މިސްކިތް ކަމަށްވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމްއާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި ރަމަޟާން މަހުވެސް ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ގިނަ މުސްލިމް ގައުމުތަކުގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައެވެ.
ސައުދީން ވަނީ އެގައުމުގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތަކަށް ތަކެތި ގަތުމުގެ ފުރުސަތު ދިނުމަށް ސައުދީގެ ބައެއް ސިޓީތަކުގައި ހިންގަމުން އަންނަ ކަރފިއު އަށް ރަމަޟާން މަހު ލުއިތަކެއް ދިނުމަށް ނިންމާފައެވެ.