ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 03:28
ގައިދުރުކަން ބެހެއްޓުމަށް އިނގިރޭސިވިލާތުގައި ހަރުކުރެވިފައިވާ އިލްތިމާސެއް
ގައިދުރުކަން ބެހެއްޓުމަށް އިނގިރޭސިވިލާތުގައި ހަރުކުރެވިފައިވާ އިލްތިމާސެއް
ބީބީސީ
ޮކޮވިޑް19 އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 20،000 ވުރެ މައްޗަށް!
މަރުވި މީހުންގެ އަދަދަކީ 20،319
އިނގިރޭސިވިލާތުން މިހާތަނަށް 148،377 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި
އިނގިރޭސިވިލާތަކީ ކޮވިޑް-19 ޖެހިގެން 20،000 ވުރެ ގިނަ މީހުން މަރުވި 5 ވަނަ ގައުމު

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 20،000 ވުރެ މައްޗަށް އަރައިފި އެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުން ޖުމްލަ 148،377 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ބަލިޖެހިގެން މިހާތަނަށް 20،319 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ހެލްތާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފާއިތުވެގެންދިޔަ 24 ގަޑިއިރު ތެރޭގައި 813 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެކުރިން އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާރވިސްގެ މެޑިކަލް ޑިރެކްޓަރ ސްޓީވެން ޕޯވިސް ވަނީ ބަލި ފެތުރިގެން ދިޔުމާއިއެކު އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އެކު، ކޮންޓްރޯލް ކުރެވޭނެ ނިސްބަތުގެ ލަފައެއް އަރުވާފަ އެވެ. އެގޮތުން ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 20،000 އަށް ވުރެން ދަށުގައި ބެހެއްޓުމަކީ މި ދަނޑިވަޅުގައި ރަނގަޅު އަދަދެއްކަން ފާހަގަކުރައްވާފަ އެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް-19 ޖެހިގެން 20،000 ވުރެ ގިނަ މީހުން މަރުވި 5 ވަނަ ގައުމެވެ. މި އަދަދަށް ވުރެން ގިނަ މީހުން މަރުވެފައިވަ އިތުރު ގައުމުތަކުގެ ތެރޭގައި އިޓަލީވިލާތް، އެމެރިކާ، ސްޕެއިން އަދި ފަރަންސޭސި ވިލާތް ހިމެނެ އެވެ.

- ކޮމެންޓް