ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 00:00
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ޑޮކްޓަރުން ފަރުވާދެނީ
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ޑޮކްޓަރުން ފަރުވާދެނީ
ގޫގުލް
ކޮވިޑް-19-ދުނިޔޭގެ ހާލަތު
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކައަށް ވުރެ މަތި!
މި ބަލި ޖެހުނު މީހުންގެ އަދަދު 2,891,446 އަށް އަރާ
ރަނގަޅުވި މީހުންގެ އަދަދަކީ 810,258
މި ބަލި ދުނިޔޭގެ 215 ސަރަހައްދަކުން ފެނިފައިވޭ

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައަކަށް ވުރެ އިތުރުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ 11:10 ގެ ނިޔަލަށް ކޮވިޑް-19 ޖެހިގެން 201,535 މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 2,891,446 އަށް އަރާއިރު، ރަނގަޅުވި މީހުންގެ އަދަދަކީ 810,258 އެވެ.

މި ބަލި ދުނިޔޭގެ 215 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 945,249 މީހުންނަށް މި ބަލި ޖެހިފައިވާއިރު 53,243 މީހުން ބަލީގައި މަރުވެފައިވެ އެވެ. އަދި މި ބަލި ޖެހުނު 110,834 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ދެވަނައަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 223,759 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 22,902 މީހުން މަރުވެފައިވެ އެވެ. އަދި އެގައުމުގައި 95,708 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ތިންވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 195,351 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 26,384 މީހުން އެގައުމުން މަރުވެފައިވެ އެވެ. އަދި އެގައުމުގައި 63,120 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ހަތަރުވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ފްރާންސުންނެވެ. ފްރާންސުގައި 161,488 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 22,614 މީހުން އެގައުމުން މަރުވެފައިވެ އެވެ. އަދި އެގައުމުގައި 44,594 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ފަސްވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުގައި 148،377 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 20،319 މީހުން އެގައުމުން މަރުވެފައިވެ އެވެ.

- ކޮމެންޓް