ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 19:11
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ލެބެއްގައި ކުރިއަށްދަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ލެބެއްގައި ކުރިއަށްދަނީ
ރޮއިޓަރސް
އެމެރިކާއިން އެއްދުވާ 38000 މީހުން ޕޮޒިޓިވް
އެމެރިކާގައި އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދު 38،000 ށްވުރެ މައްޗަށް
9 ލައްކައަށްވުރެ ގިނަ މީހުން އެމެރިކާއިން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި

ކޮވިޑް-19 ޖެހިގެން ހުކުރު ދުވަހު އެކަނި އެމެރިކާއިން ރިޕޯޓުކުރި ކޭސްތަކުގެ ޢަދަދު 38،000 ށްވުރެ މައްޗަށް އަރައިފިއެވެ.

މިއީ މި މަހުގެ ތެރޭގައި ވެސް އެމެރިކާއިން އެންމެ ގިނަ ކޭސްތަކެއް ރިޕޯޓުކުރި ދުވަހެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ރިޕޯޓުކުރަމުން އައި ކޭސްތައް އިތުރުވަމުން އައި ނަމަވެސް މިހާ ގިނަ ޢަދަދެއްގެ ކޭސްތައް އެއްފަހަރާ ރިޕޯޓުކޮށްފައި ނުވެއެވެ.

ހުކުރު ދުވަހު އެމެރިކާއިން ރިޕޯޓުކުރި ޕޮޒިޓިވް ކޭސްގެ ޖުމުލަ ޢަދަދަކީ 38،958 އެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ނިއުޔޯކްއިންނެވެ. ހުކުރު ދުވަހު އެކަނި ވެސް އެ ސިޓީން 8864 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ މެސަޝޫސެޓްސް އިންނެވެ. އެ ސިޓީން ވަނީ 4946 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ.

އެމެރިކާއިން މިހާތަނަށް 9 ލައްކައަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މަރުވި މީހުންގެ ނިޞްބަތް ވަނީ ބައިލައްކައަށް ވުރެ އިތުރުވެފައެވެ. މިހާތަނަށް އެމެރިކާއިން ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

- ކޮމެންޓް