ޗައިނާއިން ގެނައި އެއްމިލައަން މާސްކް ބޭނުން ނުހިފުނުކަމަށް ކެނެޑާ ސަރުކާރުން ބުނެފިއެވެ.
ބައިނަލްއަޤުވާމީ މީޑިއާކަށް ދެއްވި ބަސްދީގަތުމެއްގައި އެޤައުމުގެ ޕަބްލިކް ސަރވިސަސް އެންޑް ޕްރޮކިއުމެންޓް މިނިސްޓަރ ޑރ. އަނީތާ އާނަންދް ވިދާޅުވީ ޗައިނާއިން ގެނައި ކޭއެން95 ބްރޭންޑުގެ މާސްކް ބޭނުން ނުކުރެވުނީ ޞިއްޙީ މިންގަނޑުތަކައް ނުފެތޭ ތީކަމަށެވެ. އަދި ކެނެޑާއަށް ކޮވިޑް-19 އާއިގުޅިގެން މާސްކަށް ޖެހިފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ގެނައި މި މާސްކް ފްރަންޓްލައިން ގައި މަސައްކަތްކުރާ ފަރާތްތަކަށް ނުބައްސަވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޗައިނާއިން ގެނައި މި މާސްކުތައް ޓެރިޓަރީސްތަކާއި ޕްރޮވިންސްތަކުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނަކަށް ނުބަހަން. ތަންފީޒުކުރަމުންދާ ޞިއްޙި މިންގަޑުތަކައް މި މާސްކުތައް ނުފެތޭ. މިހާރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބޭނުންކުރަމުން މިއަންނަނީ ޗައިނާގެ އުފެއްދުންތައް. އެޤައުމުން ތަކެތި ގެނައުން މިހާރު މިވަނީ ކަންބޮޑުވާ ހިސާބަށް ގޮސްފައިޑރ. އަނީތާ އާނަންދް/ ކެނެޑާގެ ޕަބްލިކް ސަރވިސަސް އެންޑް ޕްރޮކިއުމެންޓް މިނިސްޓަރ
މިނިސްޓަރ ޑރ. އަނީތާ އާނަންދް ވިދާޅުވީ މާސްކަށް ދިމާވި މިމައްސަލައާއި ގުޅިގެން ކުރިން އެޤައުމުން އެތެރެކޮށްފައިވާ ޞިއްޙީ އާލާތްތަކާއި އެހެނިހެން އުފެއްދުންތައް ބަލާ ފާސްކުރަމުން އަންނަކަމަށެވެ.
ޗައިނާއިން އުފައްދަމުން އަންނަ ކޭއެން95 މާސްކަކީ އެން95 އާއި ޔޫރަޕުގެ ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ އެފްއެފްޕީ2 މޮޑެލްގެ މާސްކާއި ވަރަށް އެއްގޮތް މާސްކެކެވެ. ބޭރުފުށުން ފެންނައިރު މާބޮޑު ތަފާތެއް ނުހުރެއެވެ.
ޗައިނާއިން މާސްކް ގަނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކެނެޑާގެ ކުންފުނިތަކައް ޤައުމަށް ބޭނުންވާ މިންވަރަށް މާސްކް ނުއުފެއްދޭތިއެވެ. ނަމަވެސް ކުރިމަތިވި މިމައްސައައި ގުޅިގެން އެޤައުމުގެ ސަރުކާރުން ވަނީ ޞީއްޙީ އުފެދުންތައް، ވަކިން ޚާއްޞަކޮށް ފޭޝަލް މަސްކާއި، އަންގިއާއި، ޞިއްޙީ ޚިދުމަތްތެރިން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ އާލަތްތައް ބޭނުންވާ ޑިމާންޑާއި އެއްވަރަށް އުފެއްދުމަށް އެޤައުމުގެ ކާރުޚަނާތަކަށާއި ކުންފުނިތަކައް ގޮވާލާފައެވެ.
މިމަހު އެކަނިވެސް ކެނެޑާއިން 10މިލިއަން މާސްކް ޗައިނާއިން ގަތެވެ. އަދި އިތުރުން 60 މިލިއަން މާސްކަށް ވަނީ އޯޑަރުކޮށްފައެވެ. ޗައިނާއިން ގެނައި އެއްމިލިއަން މާސްކް ބޭނުން ނުހިފޭކަމަށް ކެނެޑާ ސަރުކާރުން ބުނި ނަމަވެސް، ކުރިން ދީފައިވާ އޯޑަރުތައް ކެންސަލް ކުރާނެކަން އިޢުލާނުކޮށްފައެއް ނުވެއެވެ.