ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 11:56
އުރީދޫ މައި އޮފީސް
އުރީދޫ މައި އޮފީސް
ކޯޕަރޭޓް މޯލްޑިވްސް
ރަމަޟާން މަހަށް ހާއްސަ އޮފަރތައް
ރަމަޟާން މަހަށް ހާއްސަ އޮފަރތަކެއް އުރީދޫ އިން ތައާރަފު ކޮށްފި
ރަމަޟާން މަހަށް ނަމާދު އެލަރޓާއި ކީރިތި ގުރުއާންގެ އާޔަތްތައް ހިލޭ ބަލާލެވޭނެ

މި ރަމަޟާން މަހަށް ހާއްސަ އޮފަރ ތަކެއް އުރީދޫ އިން ތައާރަފު ކޮށްފިއެވެ.

އުރީދޫ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން، ދިވެހި މުޖުތަމައު ގުޅުވާލަ ދިނުމަށްޓަކާ، އިންޓަނެޓްގެ ޚިދުމަތާއި މުވާސަލާތީ ގުޅުން މެދުނުކެނޑި ބޭނުން ކުރުމަށް އުރީދޫ އިން ފަހިކޮށް ދީފައިވާ ކަމަށެވެ.

އުރީދޫ އިން ތައާރަފު ކޮށްފައިވާ އޮފަރ ތައް:

ޑެއިލީ ޑޭޓާ ކޮންބޯ

މި ރަމަޟާން މަހު އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފް ކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖު އެކްޓިވޭޓް ކުރުމަށް 9291# އަށް ގުޅާ ނުވަތަhttp://ore.do/appއަށް ޒިޔާރަތް ކުރެވޭނެއެވެ.

50 އިންސައްތަ އެކްސްޓްރާ ޑޭޓާ

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަހު ޑޭޓާ ޕެކާއި އެކު %50 ޑޭޓާ އިތުރަށް ލިބޭނެ އެވެ.

5x ބޯނަސް ޑޭޓާ

އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބޭނެއެވެ.

ނަމާދު އެލަރޓް، ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް

ވައިބަރ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ޚިދުމަތާއި އެކު، ނަމާދު އެލަރޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެން ދާނެއެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކޮށްގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މީގެ އިތުރުން އުރީދޫ އިން ބުނީ މި ރަމަޟާން މަހަށް ވެސް ނަމާދު އެލަރޓް އާއި ކީރިތި ގުރުއާންގެ އާޔަތްތައް ހިލޭ ބަލާލެވޭނެ ކަމަށެވެ.

އެކްޓިވޭޓް ކުރާނެ ގޮތް:

- ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯދުމަށް “GO” ޖެސުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރުން

- “Ramadan” ޖެއްސުމަށް ފަހު 4000 އަށް އެސްއެމްއެސް ކޮށްގެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބޭނެ

އުރީދޫ އިން ރޯދަ މަހަށް ހާއްސަ މި އޮފަރތައް ތައާރަފު ކޮށްފައިވާއިރު އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އެންމެނަށް ވަރަށް ތަފާތު ރަމަޟާން މައްސަރަކަށް ކަމަށާއި އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތް ކަމަށެވެ. އަދި މުޖުތަމައު އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އެންމެ އިސްކަންދޭ ކަމެއް ކަމަށާއި ގޭގައި ތިބެގެން އަދި އާއިލާ އާއި ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ޚިދުމަތް ދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

- ކޮމެންޓް
25 އޭޕްރިލް 2020 | ހޮނިހިރު 14:29
ހުހު
ޗީޓު ނުޖައްސައި، މީހުން ލައްވާ މަސައްކަތް ކުރުވާފައި ބިލުފޮނުވީމާ ލާރިނުދައްކާ އެތައް ދުވަހެއް ވެފައި ހުރި ބިލުތަކަށް ފައިސާ ދައްކަބަލަ!