ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 12:02
ޗައިނާ އާންމު ހާލަތަކަށް އައުމާއެކު ބައެއް ފިހާރަތައް ހުޅުވާފައި
ޗައިނާ އާންމު ހާލަތަކަށް އައުމާއެކު ބައެއް ފިހާރަތައް ހުޅުވާފައި
ނިއު ޔޯކް ޕޯސްޓް
ޗައިނާ ބަލިމަޑުކަމުން އަރައިގަންނަނީ
ޗައިނާގައި މީހަކު މަރު ނުވާތާ 11 ދުވަސް!
ޗައިނާގައި މިވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 838

ކޮވިޑް-19 ފުރަތަމަ ފެނުނު ޗައިނާގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ދަށްވެ ފާއިތުވި 11 ދުވަހު އެއްވެސް މީހަކު މަރު ނުވާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ޗައިނާއިން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، އެގައުމުން އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެފަހުން މި މަހުގެ 24 ވީ ހުކުރު ދުވަހުގެ ނިޔަލަށް އިތުރު މީހަކު މަރުވެގެން ރިޕޯޓްކޮށްފައި ނުވެއެވެ. ޗައިނާއިން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް މަރުވެގެން ރިޕޯޓްކޮށްފައިވަނީ 3342 ކޭސްއެވެ.

ނަމަވެސް މި އަދަދު އެއްވަރެއްގައި ހިފަހެއްޓިފައި ހުރުމަށްފަހު އެޕްރީލް 17 ވަނަ ދުވަހު އިތުރު 1290 މީހުން މަރުވިކަމަށް ތަފާސް ހިސާބުތަކަށް އިތުރުވިއެވެ. އަދި މި އަދަދަކީ އެދުވަހު މަރުވި މީހުންގެ އަދަދު ނޫންކަމަށާއި، އެއީ ކޮވިޑް-19ގެ އައުޓްބްރޭކްގެ ފަހުން އައި ހުރިހާ ކޭސްތަކެއް ރިވައިސް ކުރުމަށްފަހު އައި ފައިނަލް އަދަދު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އަދި އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ރިވައިސް ކުރެވުނު އަދަދަށް ވެސް ބަދަލެއް އައިސްފައި ނުވެއެވެ.

ޗައިނާގައި މިވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 838 އެވެ. މީގެ ތެރެއިން އާންމު ހާލަތުގައި ފަރުވާ ދެމުން އަންނަނީ 789 މީހުންނަށެވެ. އަދި ކްރިޓިކަލް ހާލަތުގައި ފަރުވާ ދެމުން އަންނަނީ 49 މީހަކަށެވެ.

ކްލޯސްޑް ކޭސްތަކުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޗައިނާގައި މިހާތަނަށް 81,978 ކޭސްއެއް ވަނީ ކްލޯސް ކޮށްފައެވެ. މީގެ ތެރެއިން ފަރުވާ ލިބުނު މީހުންގެ އަދަދަކީ 77،346 އެވެ. އަދި މަރުވި މީހުންގެ އަދަދަކީ 4632 އެވެ.

- ކޮމެންޓް