ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 01:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އޭއޭޕީ
ކޮވިޑް19 އަށް ފަރުވާއެއް ހޯދުން
ކޮވިޑް-19އަށް ފަރުވާއަކަށް ޑިސްއިންފެކްޓަންޓް ބޭނުން ކުރަން ޓްރަމްޕް ހުށަހެޅުއްވުމުން އެގޮތަށް ކަންތައް ނުކުރުމަށް ޑެޓޮލް އާއި ލައިސޮލް ގޮވާލައިފި
ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވަނީ ކޮވިޑް-19 ގެ ފަރުވާއަކަށް ޑިސްއިންފެކްޓެންޓް ގަޔައް އިންޖެކްޓް ކުރުމަށް ހިޔާލު ދެއްވި
ލައިސޯލް އާއި ޑެޓޯލްއިން އަދި ޑިސްއިންފެކްޓަންޓް އުފައްދާ އެހެނިހެން ކުންފުނިތަކުން ވަނީ ވަނީ މިއީ "އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން"ކަމަށް ބުނެފައި
ޓްރަމްޕް މިހާރު ވިދާޅުވީ އެއީ "ސަމާސައަކަށް" ދެއްކެވި ވާހަކައެއްކަމަށް

ކޮވިޑް-19 ގެ ފަރުވާއަކަށް ޑިސްއިންފެކްޓަންޓް ގަޔައް އިންޖެކްޓް ކުރަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވުމުން، އެފަދަ ތަކެތި އުފައްދާ ފަރާތްތަކުން އެހެން ކަންތައް ނުކުރުމަށް ގޮވާލައިފިއެވެ.

ލައިސޯލް އާއި ޑެޓޯލްއިން އަދި ޑިސްއިންފެކްޓަންޓް އުފައްދާ އެހެނިހެން ކުންފުނިތަކުން ވަނީ މިއީ "އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން"ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެންގެ ޕްރޮޑަކްޓް އެއްވެސް ގޮތަކަށް ބޯން ނުވަތަ އިންޖެކްޓް ކުރަން ނުވަތަ އެނޫން ގޮތަކަށް ވެސް ގައިގެ ތެރެއަށް ފޮނުވައިގެން ނުވާނެ."

ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވަނީ ކޮވިޑް-19 ގެ ފަރުވާއަކަށް ޑިސްއިންފެކްޓެންޓް ގައިގެ ތެރެއަށް ފޮނުވަން ހިޔާލު ދެއްވާފައެވެ.

ނަމަވެސް ހުކުރު ދުވަހު އޮތް ބައްދަލުވުމުގެ ޓްރަމްޕް ވިދާޅުވީ އެއީ "ސަމާސައެއް"ކަމަށެވެ.

"އެފަދައިން އަޅުގަނޑު ސަމާސައެއް ނޫސްވެރިއަކާ ސުވާލުކޮށްލީ، ރިޕޯޓަރުން ހަދާ ގޮތެއް ބަލަން"
ރައީސް ޑޮނަލްޑް ޓްރަމްޕް

މިހާރު މިއީ ސަމާސައެއް ގޮތަކަށް ވިދާޅުވި އެއްޗެއްކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ ކޮވިޑް-19ގެ މަސައްކަތުގައި އުޅޭ ޓީމުން މިފަދައިން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

- ކޮމެންޓް