ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 12:53
އެވަޓަންގެ ފޯވާޑް ލުކާކޫ
އެވަޓަންގެ ފޯވާޑް ލުކާކޫ
ޑެއިލީ މިރޯ
ޕްރިމިއާ ލީގު
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
ޕްމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބޯންމައުތްގެ ކޯޗު އެޑީ ހޯވީ
މިއީ މި މަހުވެސް އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ހިތްވަރެއް: ލުކާކޫ

މިދިޔަ މަހު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އެވަޓަން އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އޭއެފްސީ ބޯންމައުތްގެ ކޯޗު އެޑީ ހޯވީ ހޮވިއްޖެ އެވެ.  

އެވޯޑާ ބެހޭގޮތުން އެވަޓަންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޖުމްލަ 21 ލަނޑާއެކު މިވަގުތު ޕްރިމިއާ ލީގުގެ ޓޮޕްސްކޯރާގެ މަގާމުގައި އޮތް ލުކާކޫ ބުނީ މިއީ އޭނާ އަނެއްކާ މި މަހުވެސް އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ހިތްވަރެއް ކަމަށާއި، ވަރަށް އުފާވެފައި ހުރި ކަމަށެވެ.

ލުކާކޫ ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ލިވަޕޫލްއާ ދެކޮޅަށް ކުޅުމަށް އެވަޓަން އިން މަސައްކަތްކުރަމުން އަންނަނީ ތަފާތުކޮށް ކަމަށާއި، އެގޮތުން އެ ތަފާތު ދަނޑުމަތިން ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެވަޓަން އޮތީ ރަނގަޅު ފޯމެއްގައި ކަން ފާހަގަކުރަމުން ލުކާކޫ ބުނީ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދަން ޖެހޭ ކަމަށާއި، އެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

އެވަޓަންއާއެކު 2019 އާ ހަމައަށް އެއްބަސްވުން ހަދާފައިވާ ލުކާކޫ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އޭނާ އަދި ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 23 އަހަރުގެ ލުކާކޫ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް އޭނާ މި ސީޒަނަށްފަހު އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެއިތުރުން އޭނާ ވަނީ މިވީތަނަށް އެވަޓަން އަށް ކުޅުނު 157 މެޗުގައި 83 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް