ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 22:28
އެން ހިފަން ފޭބި މީހާ ހޯދުމަށް ކޯސްޓްގާޑް ހަރަކާތްތެރިވަނީ
އެން ހިފަން ފޭބި މީހާ ހޯދުމަށް ކޯސްޓްގާޑް ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އެން ހިފަން ފޭބީ މީހަކު ހޯދުން
އެން ހިފަން ފޭބި ދިވެއްސެއްގެ ހަބަރެއް ނުވެގެން ހޯދަނީ
އޭނާ ފޭބީ 30 މިނިޓްގެ ޑައިވްއަކަށް
ކޯސްޓް ގާޑުން ދަނީ ހަރަކާތްތެރިވަމުން
އެއީ 27 އަހަރުގެ މީހެއް

ފުޅި އަޅައިގެން އެން ހިފަން ފީނި ދިވެއްސެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓްގެ ހުޅަނގުން 2.5 ނޮޓިކަލް މޭލުން ބޭރުން މަސްވެރިކަން ކުރަން އުޅުނު ''އަސްދާން'' ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެން ހިފަން ފީނި ދިވެއްސެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ 20:12 ގައެވެ. އެ ދޯނީގައި 25 މީހުން ތިއްބެވެ.

އެންމެންޑީއެފުން ބުނީ، އެމީހާ އެން ހިފަން ފޭބީ ހަތަރު މީހުންނާއެކު 30 މިނިޓްގެ ޑައިވެއްގައި ކަމަށާއި، އޭނާ ނުފެނިގެން ކޯސްޓްގާޑްއަށް ގުޅާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ 27 އަހަރުގެ ޒުވާނެކެވެ.

އެމްއެންޑީއެފުން ބުނީ، ދޯނި ކައިރީގައި ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމް ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.

- ކޮމެންޓް