ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 22:22
އައިޖީއެމްއެޗް ލެބޯޓަރީ- މާލެއިން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ އައިސޮލޭޓްވެސް ކުރެވިފައި
އައިޖީއެމްއެޗް ލެބޯޓަރީ- މާލެއިން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ އައިސޮލޭޓްވެސް ކުރެވިފައި
ރައީސް އޮފީސް
މާލެއިން މީހަކު ޕޮޒިޓިވްވުން
ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި 274 މީހަކު އައިސޮލޭޓްކޮށްފި
މާލެ ވަނީ ލޮކްޑައުންވެސް ކޮށްފައި
ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް އައިސޮލޭޓްވެސް ކުރެވިފައިވޭ
މާލެއިން ފުރަތަމަ ފެނުނު ކޭސްއަކީ ކޮމިއުނިޓީ ތެރެއިން ފެނުނު ފުރަތަމަ ކޭސް

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި 274 މީހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީޤް ވިދާޅުވީ، މާލެއިން ޕޮޒިޓިވްވި މީހުންގެ ޕްރައިމަރީ ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަވި (އެމީހުންނާ ސީދާ ދިމާވި) 274 މީހަކު މިހާރު އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓުތައް ހަދަމުންދާކަމަށް ޑރ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޑރ ޝީނާ މޫސާ ވިދާޅުވީ، މިހާރުވެސް މާލޭގެ ތެރޭގައި ގާތްގަނޑަކަށް ކޮވިޑް-19 ގެ 100 ކޭސްއެއް އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އަންގާރަ ދުވަހުގެރޭ ބަލީގެ އަލާމަތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހެކެވެ. އެއާ ގުޅިގެން ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ފަށައި، އޭނާއާ (ކޭސް 21) އާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވަގުތުން ފަށާފައިވާއިރު، ޕޮޒިޓިވްވި ދެވަނަ ފަރާތް (ކޭސް 22) އަކީ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާގެ ދަރިފުޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ބުދަ ދުވަހުގެރޭ ޕޮޒިޓިވްވި 3 ވަނަ މީހާއަކީވެސް މާލެއިން ފުރަތަމަ ފެނުނު ކޭސްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އޭނާގެ (ކޭސް 23) ގެ ކްލޯސް ކޮންޓެކްޓުގެ ގޮތުގައި ފާހަގަވި އިތުރު 2 މީހެއް (ކޭސް 24 އަދި ކޭސް 25) ވެސް ބުރާސްފަތި ދުވަހުގެރޭ ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން، ހުކުރު ދުވަހު ކޭސް 23 ގެ އިތުރު ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި ހެދި ޓެސްޓްވެސް ޕޮޒިޓިވްވެފައިވާއިރު، ރޯގާގެ އަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި އިތުރު 2 މީހަކުވެސް ހުކުރު ދުވަހު ޕޮޒިޓިވްވެފައިވެއެވެ.

އެއާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ.

  1. ކޭސް 21 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ)
  2. ކޭސް 22 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު)
  3. ކޭސް 23 (ކޭސް 21 ގެ ކްލޯސް ކޮންޓެކްޓެއް)
  4. ކޭސް 24 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓްއެއް)
  5. ކޭސް 25 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)
  6. ކޭސް 26 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)
  7. ކޭސް 27 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)
  8. ކޭސް 28 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)
- ކޮމެންޓް