ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 12:07
އެސްޓީއޯ ސުޕަރމާކެޓް
އެސްޓީއޯ ސުޕަރމާކެޓް
އެސްޓީއޯ
އެސްޓީއޯ އީސްޓޯރުގެ ޚިދުމަތް
އެސްޓީއޯ އީސްޓޯރުގެ ހިދުމަތް އަލުން ފަށައިފި
ތަކެތި ގަންނަން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓު sto.mv/product މެދުވެރިކޮށް އޯޑަރު ކުރެވޭނެ

ލޮކްޑައުންއާ ގުޅިގެން ހިދުމަތް މެދުކަނޑާލުމަށް ފަހު އެސްޓީއޯގެ އީސްޓޯރުގެ ހިދުމަތް އަލުން ފަށައިފިއެވެ.

ރެއިން ފެށިގެން އެ ހިދުމަތް މެދުކަނޑާލީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޑެލިވަރީ ކުރުމަށް ނަގަން ޖެހޭ ހާއްސަ ހުއްދަ ނެގުމަށެވެ. މި ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި މިހާރު އީސްޓޯރުގެ ހިދުމަތް އާއްމުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯގެ ޑެލިވަރީ ކުރިއަށްގެންދަނީ ޑެލިވަރީގެ ހިދުމަތް ދޭ "ރެޑް ބޮކްސް" އާ ގުޅިގެންނެވެ.

އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަކެތި ގަންނަން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓުsto.mv/productމެދުވެރިކޮށް އޯޑަރު ކުރުމުގެ އިތުރުން ފައިސާ ވެސް ދެއްކޭނެއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށް ބާރު އަޅާ މީހުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން އެސްޓީއޯއިން ވަނީ އޮންލައިންކޮށް ތަކެތި ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ޑެލިވަރ ކޮށްދިނުމުގެ ކަންކަން ފިހާރަތަކާއި ރެސްޓޯރެންޓްތަކުން އަންނަނީ ކުރަމުންނެވެ. އަދި ތަކެތި ޑެލިވަރ ކޮށްދޭނެ ވަކި ޚާއްސަ ގަޑިތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް