ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 22:20
އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ
އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ
ފޭސްބުކް
އެތުލެޓިކްސް
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
ބައިނަލްއަގްވާމީ ފަސް މުބާރާތެއްގައި ވާދަކުރާނެ

ބައިނަލް އަގްވާމީ ފަސް މުބާރާތެއްގައި ވާދަކުރަން ނިންމައި މިއަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ބަޖެޓް ފާސްކޮށްފި އެވެ.

ބުދަ ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ ހަތް މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފާސްކުރެވުނު މި ބަޖެޓާއެކު އެ އެސޯސިއޭޝަނުން ވަނީ ގައުމީ ޓީމުގެ ކަންތައްތަކަށް 1 މިލިއަން ރުފިޔާ ހަމަޖައްސާފަ އެވެ. އެގޮތުން ގައުމީ ޓީމުގެ ތަމްރީނުތަކާއި އެނޫންވެސް ކަންކަމަށް މިފައިސާ ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކަށް 2.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި މިއަހަރު ބައިނަލްއަޤްވާމީ 5 މުބާރާތެއްގައި ރާއްޖޭގެ އެތްލީޓުން ވާދަކުރާނެއެވެ. އެއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، ކެންޔާގައި އޮންނަ ވޯލްޑް ޔޫތް ޗެންޕިއަންޝިޕް، ތައިލެންޑްގައި އޮންނަ އޭޝިއަން ޔޫތް ޗެންޕިއަންޝިޕް، އިންޑިޔާގައި ބާއްވާ އޭޝިއަން އެތްލެޓިކްސް ޗެންޕިއަންޝިޕް އަދި ލަންޑަންގައި އޮންނަ ވޯލްޑް ޗެންޕިއަންޝިޕެވެ.

ގައުމީ ޓީމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް ބަޖެޓުން ދެބައި ކުޅަ އެއްބައި ހަރަދުކުރަން ނިންމާފައިވާ އިރު، އެ އެސޯސިއޭޝަނުން ވަނީ އަހަރު ތެރޭގައި ރާވާ ހިންގާ އެހެނިހެން މުބާރާތްތަކަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން އެސޯސިއޭޝަނުން ވަނީ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމު (ވައިޑީޕީ) އަދި އޮފީސް ހިންގުމުގެ ހަރަދުތަކަށް ވެސް ބަޖެޓުގައި ވަނީ ފައިސާ ހިމަނާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް