ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 19:36
ލޯނުތައް ހަ މަހަށް ވަނީ ފަސްކޮށްދީފައި
ލޯނުތައް ހަ މަހަށް ވަނީ ފަސްކޮށްދީފައި
ބީއެމްއެލް
ކޮވިޑް-19
ލޯނުތަކަށް ފައިސާ ދައްކަން ފަސްކޮށްދޭ މުއްދަތުގައި އިތުރު އިންޓްރެސްޓެއް ނުނަގާނެ: ބީއެމްއެލް
ޝަރުތުތަކަށްވެސް އިތުރު ލުއިކަމެއް ވަނީ ލުއިކަމެއް ގެނެވިފައި

ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްދީފައިވާ ލޯނުތައް އަނބުރާ ދައްކާއިރު، ޑަބަލް އިންޓްރެސްޓް ދައްކަން ނުޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބީއެމްއެލުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްދީފައެވެ. އާދިއްތަ ދުވަހު ބީއެމްއެލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ބޭންކުން ކުރިން ހާމަކޮށްފައިވާ ގޮތުން، ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓް އަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނެގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެކުލުން ބުންޏެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެއެވެ. އަދި އޭގެ އިތުރުން ލޯނު އަނބުރާ ދެއްކުން ފަސްކޮށް ދިނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަށްވެސް އިތުރު ލުއިކަމެއް ގެނެވިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. އެގޮތުން މިހާރު ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުންނަށްވެސް މިވަނީ ޝަރުތު ހަމަވާ ގޮތަށް ކަނޑައެޅިފަ އެވެ.

ބީއެމްއެލުން ބުނީ، އެއްމަހަށް ވުރެ ގިނަ ދުވަހު ފައިސާ ދައްކާފައިނުވާ ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެ ގޮތުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

- ކޮމެންޓް