ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 18:35
މީޑިއާނެޓް
މީޑިއާނެޓް
ރާއްޖެއެމްވީ
މީޑިއާނެޓް
މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފި
މި ޕެކޭޖަކީ އޭޕްރިލް މަހަށް ތައާރަފް ކުރެވުނު ޕެކޭޖެއް
ބްރޯޑްކޮމްގެ އެދުމަކަށް ދެވުނު ލުޔެއް

މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފިއެވެ.

ކޮވިޑް-19 ރާއްޖެއިން ވެސް ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ ގޭގައި ތިއްބެވުމަށް ޢާންމުންނަށް އިލްތިމާސްކުރަމުންނެވެ. އަދި އެއާއި ގުޅިގެން ޓީވީ ބަލާ މިންވަރު ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ އެދުމަކަށް މީޑިއާނެޓުން ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހަށެވެ. މިކަމާއި ގުޅިގެން، ބްރޯޑްކޮމް އިން ވަނީ މީޑިއާނެޓަށް ޝުކުރުއަދާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ކުންފުނިތަކުން ދަނީ އެކި ޚިދުމަތްތަކަށް ލުއި ގޮތްތަކެއް ތަޢާރަފު ކުރުމަށް ނިންމާފައެވެ. އެގޮތުން ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 10 ޖީބީ ދިނުމަށް ނިންމާފައެވެ. އަދި އުރީދޫއިން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ދިނުމަށްވެސް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
29 މާރޗް 2020 | އާދީއްތަ 18:52
އައްޔަ
ކޮބާ ކަނެކްޝަން