ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 04:01
ޓެސްޓު ކުރުން
ޓެސްޓު ކުރުން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ހަތަރު ދިވެއްސަކާއި ބިދޭސީއެއް ކޮވިޑް-19 އަށް ޓެސްޓުކުރަނީ
ފިލިތެޔޮ އައިލެންޑް ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި
ތާޖް އެގްޒޯޓިކާ ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި
ރެޒިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި

ހަތަރު ދިވެއްސަކާއި ބިދޭސީއެއް ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފިލިތެޔޮ އައިލެންޑް ރިސޯޓުން ދިވެއްސަކާއި ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި އެ ދެމީހުން މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައިކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފިލިތެޔޮގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އަދި ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރެޒިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓުން ދެ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މި ތިން ރަށް ވަނީ ނަތީޖާ ލިބެންދެން މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގެ 14 ކޭސްއެއް ވަނީ ފެނިފައެވެ. ދިވެއްސެއް ވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

- ކޮމެންޓް