ކ. މާލެ
|
16 މާރޗް 2020 | ހޯމަ 08:49
ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޑްރިލްއެއްގެ ތެރެއިން
ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޑްރިލްއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީ
މަގޭ ރިޕޯޓް
އާރުކާޓީން އެދަނީ މަގު ދައްކަމުން، ރޯނުއެދުރުން މި ވަގުތަށް މުހިންމެއް ނޫން!
މި ވަގުތަށް ސިޔާސީ ހަތުރުވެރިކަން ދޫކޮއްލައްވާ
މިއީ އެއް މަގަކުން ހިނގައިގެން ގައުމު ހަމައަކަށް އަޅުވަން މަސައްކަތްކުރަންވީ ވަގުތު

މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ކޮވިޑް-19 ގެ ވަބާ މިވަނީ ރާއްޖޭގެ އައްސޭރިއާ ހަމައަށް ވެސް އައިސްފައެވެ. އެ ބަލީގެ ނުރައްކާތެރިކަމާ ދިވެހިން މިވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މިއީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސިއްހީ މާހިރުން ދެއްވަމުން އައި ލަފައާ އެއް ގޮތަށް ބަލި "ކޮންޓެއިން" ކުރުމުގެ ގޮތުން އެޅިގެން ދިޔަ ފިޔަވަޅެކެވެ. ބޭނުމަކީ އިތުރަށް ފެތުރުނަނުދީ ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމެވެ.

މިކަންކަމަށް ފާޑުކިޔާ ފަރާތްތަކުން ދައްކަނީ ވަރަށް ދޯހަޅި ވާހަކަތަކަކެވެ. ގިނަ ކަންކަމުގައި އެއްވެސް އަސާސެއް ނެތެވެ. ހަޖަމްވިޔަސް ނުވިޔަސް މިއީ ކަމުގެ ހަގީގަތެވެ. މިސާލެއް ވެސް ދަންނަވާލަފާނަމެވެ. ޗައިނާ ސަރުކާރުގެ އެހީއަށް ނޫނެކޭ ބުނެ އިންޑިއާ ސަރުކާރުގެ އެހީއަށް އާނ ބަސް ބުނި ވާހަކައެވެ.

މިކަމުގައި ވެސް ބޮޑަށް ހީވަނީ، އެއް ބަޔަކު ހަގީގަތް އެނގެން ބޭނުން ނުވަނީ ހެންނެވެ. އެނގުނަސް ހަގީގަތަކީ އެއީ ކަން ގަބޫލުކުރަން ބޭނުން ނުވަނީހެންނެވެ. ކަމުގެ ހަގީގަތް އަދިވެސް ނޭނގެނީ ކަމުގައި ވަނީ ނަމަ، އަދިވެސް އެއް ފަހަރު ކަމުގެ ހަގީގަތް ބަޔާންކޮށްލާނަމެވެ. ޗައިނާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ އެހީއަށް ނޫނެކޭ ދިވެހި ސަރުކާރުން ބުނެފައިނުވާކަން ސާފުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ވަކި ބައެއްގެ އެހީއަކަށް ވީތީ، ނުވަތަ ވަކި ގައުމެއްގެ ސަރުކާރަކަށް ވީތީ އެހީ ބޭނުންނުވެގެން އުޅުނީ އެހެން ބައެކެވެ. އެއް އުނގުގައި ތިބެގެން ލޮލީ ބޯ ޒަމާން މިހާރު ވޭތުވެ ހިނގައްޖެއެވެ. އެހެން ކަންކުރި ވެރިންގެ ދުވަސް މިހާރު ފާއިތުވެ ހިނގައްޖެއެވެ.

އަނެއްކާވެސް ތަހުތުގައި ފައި ވިއްދާލެވެން ދެން ކެއްކޮއްލައިގެން ތިއްބަވާށެވެ. އިޚުލާސްތެރިކަމަކީ ރައްޔިތުން ހަގީގަތުގައި ވެސް ބަލައިގަންނަ އެއްޗެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ތަޚުތަށް އާދެވެނީ ވެސް ރައްޔިތުންގެ އެކަމެއް ބަލައިގަތީމާކަން ދަންނާށެވެ. އެ މަގުން މަސައްކަތް ކުރައްވަން އާދަ ކުރައްވާށެވެ.

ދަނޑިވަޅުގެ ނާޖައިޒު ފައިދާ ނަގާ، ހަދާ ބުހުތާނު ދޮގުން ކުރިއެރުމެއް ލިބޭނޭ ކަމަށް ތިޔަ ހީކުރަނީ މުޅިން ރަނގަޅަކަށް ނޫނެވެ. އަދި ދައްކާ ހުރިހާ ވާހަކައަކާއި ކުރާ ހުރިހާ ކަމެއް އަރުޝީފުވެގެން، އެންމެންގެ ތެރޭގައި ދައުރުވާ ޒަމާނެއްގައި އެފަދަ ވާހަކަ ދެއްކުމުން ބުނެވޭނީ، "ވަޓް ވަރ ޔޫ ތިންކިންގ" އެވެ.

ގޯސްކޮށް ކަމެއް ދާނަމަ ފާޑު ކިޔަންވާނެއެވެ. ނަމަވެސް މިހާރު ތިކިޔަނީ ފާޑެއް ނޫނެވެ. ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރައްޔިތުންނާ ސަރުކާރާ ޖެއްސޭތޯ އުޅެނީއެވެ. ބިނާކުރަނިވި ފާޑެއް ކިޔާނަމަ އެންމެ ކައިރީގައި އަތް ޖަހަން ހުންނާނެ އެކެއްގެ ހައިސިއްޔަތުން، މި ދެނީ ހަމަ ނަސޭހަތެކެވެ.

ކޮންމެއަކަސް، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ވަބާއާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުން ގަބޫލުކުރަން ޖެހެއެވެ. ތިމާ ތާއީދުނުކުރާ ސަރުކާރަށް ވީތީ އެ ނިންމުންތަކަށް ބޯނުލަނބާ ވެވޭކަށް ނެތެވެ. މިކަމުގައި މުޖުތަމައުގެ މަސްލަހަތު އޮތަތީއެވެ. ހިތުގެ އެންމެ ފުން މިނުން ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. މި ވަގުތަށް ރޯނު އެދުރުގެ ތާޖު ބާއްވާފައި ބުނާ ބަސް އަހައިގެން އެ މަގުން ކަންކުރާށެވެ.

- ކޮމެންޓް
18 މާރޗް 2020 | ބުދަ 12:03
އުތުރު ތަކުރުފާން
އަޖަރެންގެ ނަޒަރުގައި ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ރަންގަޅު ކަންކަން. އެކަމަކު ވާހަކެއް ދަންނަވާލަންތޯ؟ ރާއްޖެގައި ރިސޯޓް ހިންގާ ކޮންމެ ކުންފުންޏަކުން ރާއްޖެގެ މައި ދޮރުއަށީގައި ކިތައް މުއައްޒަފުން ގެސްޓް އިން ރިސީވް ކުރަން ބައިތިއްބާތޯއެވެ. އެމީހުން ނިދަން އަރަނީ ވެރިރަށް މާލެއަށަާއި ހުޅުމާލެއަކަށް ނޫންތޯއެވެ؟ ޑިއުޓި ފްރީ ސޮޕްތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ޕައިލެޓުންނާއި ކެބިން ކުރޫ ނިދަން މާލެ ނާރާތޯއެވެ. ގެސްޓްއިން މާލެ އެރުން މަނާކޮށްފަ މިކަންކަން ސިއްްރުކޮށް އާންމު ރައްޔިތުނަން އޮޅުވާލަން މަސައްކަތް ކުރަނީ ކީއްވެ ބާއޭ،.. މާލެފަދަ ތަނެއްގައި ކޮވިޑް 19 ފެތުރިއްޖެ ނަމަ އެކަން ކޮންޓްރޯލް ކުރެވިދާނެބާ.. އ
16 މާރޗް 2020 | ހޯމަ 12:11
ދފރ5
ސުނާމީގަވެސް ތި ބައިގަނޑު އުޅުނީ ތިހެން.. އޭރު ރައްޔިތުން ހަދިޔާ ކުރި އެހީގެ ސާމާނު ތަކުގަ "މެމްބަރުގެ ހެޔޮއެދުން ތަކާއެކު" ނަން ޖަހާފަ ފޮނުވި ބައިގަނޑު ތިޔައީ.. އޭރު މިމީހުން ތިބީ ސަރުކާރުގަ.. މިހާރު އިދިކޮޅުގަ.. އެދުވަހުވެސް ދުވީ އަމިއްލަ އެދުން އިސްކޮށް ރައްޔިތުންނަށް އޮޅުވާލަމުން.. އޭގެ ނަތީޖާ އެއްގެ ގޮތުން ސުނާމީން އަރައިގަންނަން 13 ވަރަކަށް އަހަރު ނެގި.. ދިވެހި ރައްޔިތުން ހޭ އަރާ ވިސްނާ.. މިއަދު އެމީހުނަށް ރައްޔިތުންނަށްވުރެ މުހިއްމީ ޖަލުގަ ހުރި ކޮންމެސް މީހަކު މިނިވަން ކުރުން.. މިވަރު ބަޔަކު ދައްކާ ވާހަކަ އަޑު އަހަން ހެޔޮ ނުވާނެ.