އުރީދޫ މޯލްޑިވްސްއިން 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.30ރ ބަހަން ނިންމައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި 1314 ހިއްސާދާރުންގެ ބައިވެރިވުމާއި އެކު ޖަލްސާ ކުރިއަށްގޮސްފައިވާއިރު، އޭގެ ތެރެއިން 195 ހިއްސާދާރުން ހޯލަށް ހާޒިރުވެ، ޖަލްސާގައި ވަނީ ބައިވެރިވެފައިވެއެވެ.
ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ 1119 ހިއްސާދާރުންގެ ބަދަލުގައި ވަޑައިގަތް ބޭފުޅުންނާއި އެކު ޖުމްލަ ބައިވެރިންގެ އަދަދަކީ 299 ބޭފުޅުންނެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 137،013،618 (ސަތޭކަ ތިރީސް ހަތް ހާސް މިލިއަން، ތޭރަ ހާސް ހަ ސަތޭކަ އަށާރަ) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92.7 އެވެ.
ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 137،013،618 (ސަތޭކަ ތިރީސް ހަތް ހާސް މިލިއަން، ތޭރަ ހާސް ހަ ސަތޭކަ އަށާރަ) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92.7 އެވެ.
އުރީދޫއިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާކުރެވިފައިވާ ހިއްސާދާރުން ފާސްކޮށްފައިވާ އެޖެންޑާ އައިޓަމްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ބާއްވާފައިވާ އާންމު ޖަލްސާ (3 މާރިޗު 2019 ވީ އާދިއްތަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާ އާއި 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ހާއްސަގޮތުން ކުރާ އާންމު ޖަލްސާ) ގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2020 ވަނަ އަހަރަށް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުން ހިމެނެއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.30 ރުފިޔާ ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްފައެވެ. މިއީ ކުންފުނިން ހިއްސާ ވިއްކުމަށް ހުޅުވާލިއިރު (އިނިޝިއަލް ޕަބްލިކް އޮފަރިންގ) ހިއްސާއެއް ވިއްކާފައިވާ 30 ރުފިޔާ އާ ބަލާއިރު %11 ގެ ޑިވިޑެންޑް ޔީލްޑެކެވެ. އަދި އަހަރަކަށްފަހު އަހަރެއް ޑިވިޑެންޑްގެ ގޮތުގައި ދީފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
މިގޮތުން 2017 ވަނަ އަހަރު ޑިވިޑެންޑް ޔީލްޑްގެ ގޮތުގައި %10.6 ދީފައިވާއިރު 2018 ވަނަ އަހަރަށް %10.7 ގެ ޑިވިޑެންޑް ޔީލްޑެއް ހިއްސާދާރުންނަށް ވަނީ ފޯރުކޮށްދެވިފައެވެ.
އަހަރީ އާންމު ޖަލްސާގައި އުރީދޫގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ވަނީ އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށް ވޯޓުލާފައެވެ. އާންމު ހިއްސާދާރުން ވޯޓުލުމަށްފަހު، އެ ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރެއްގެ ގޮތުގައި ހޮވިފައިވަނީ ފަރީޙާ ޝަރީފެވެ.