ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 17:38
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ދައުލަތުގެ އޮފީސްތަކުން ނަގާ އާމްދަނީ ހިއްސާކުރަން އަންގައިފި
މިމައުލޫމާތުތައް މަރޗް މަހުގެ 5 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމަށް ވަނީ އަންގާފައި

ދައުލަތުގެ އޮފީސްތަކުން ނަގާ އެންމެހައި އާމްދަނީ އާއި އެ އޮފީހަކުން ދޭ ޚިދުމަތްތަކަށް ނަގާ ފީ ހިމެނޭ ގޮތުގެ ތަފުސީލު ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމަށް ދައުލަތުގެ އޮފީސްތަކަށް އަންގައިފި އެވެ.

އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް ފޮނުވާފައިވާ ސަރކިޔުލަރ އެއްގައި ބުނެފައިވަނީ ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސްހިސާބުތައް ބެލެހެއްޓުމަށާއި، ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީއަށް އަހަރުތެރޭގައި އަންނަ ބަދަލުތަކުގެ ސަބަބު ދެނެގަތުމަށްޓަކައި ދައުލަތުގެ އޮފީސްތަކުން ނަގާ އެންމެހައި އާމްދަނީގެ ތަފްސީލް މިނިސްޓްރީއަށް ބޭނުންވާކަމަށެވެ.

ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމަށް އޮފީސްތަކަށް އަންގާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އާމްދަނީގެ ޖީއެލް ކޯޑު އަދި ޖަމާކުރާ ފަންޑުގެ ތަފުސީލާއި އާމްދަނީ ނެގުމަށް ހަމަޖެހިފައިވާ ޤާނޫނު ނުވަތަ ގަވާއިދު ނުވަތަ އުސޫލު ނުވަތަ އެއްބަސްވުމުގެ ތަފުސީލެވެ. އަދި އާމްދަނީ ނަގަން ފެށި ތާރީޚާއި އާމްދަނީ ނަގާ ގޮތުގެ ރޭޓު އަދި ފްރީކުއެންސީ އެނގޭނެހެން ފޮނުވުމަށް ވަނީ އަންގާފަ އެވެ.

މި މައުލޫމާތުތައް 5 މާރިޗު ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ފޮނުވުމަށް ވަނީ އަންގާފަ އެވެ.

މިއަހަރުގެ ބަޖެޓަކީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

- ކޮމެންޓް