ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 15:38
ޓޮޓެންހަމް އަދި ސައުތްހެމްޕްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ޓޮޓެންހަމް އަދި ސައުތްހެމްޕްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
ފަހު ވަގުތު ސޮން ޖެހި ލަނޑާއި އެކު ޓޮޓެންހަމްއިން އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް!
މި މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން
ޓޮޓެންހަމްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އެވްރެޖް ކުޅުމެއް

އިނގިރޭސި އެފްއޭ ކަޕްގައި ޓޮޓެންހަމް އަދި ސައުތްހެމްޕްޓަން ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓޮޓެންހަމުން އެފްއޭކަޕްގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑަކީ ސައުތްހެމްޕްޓަންގެ ޖެކް ސްޓެފަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއި އެކު ސައުތްހެމްޕްޓަނުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޓޮޓެންހަމްގެ ގޯލަށް ނުރައްކާކުރިއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ސައުތްހެމްޕްޓަންގެ ރަޔަން ބާރޓްރެޑް އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވައިލި ބާރު ހަމަލާ ޓޮޓެންހަމްގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުތްހެމްޕްޓަންގެ ޝޭން ލޯންގް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ޓޮޓެންހަމްއިން ގިނަ ހަމަލާތަކެއް ސައުތްހެމްޕްޓަންގެ ގޯލަށް ފޮނުވައިލި ނަމަވެސް، ސައުތްހެމްޕްޓަންގެ ކީޕަރު ވަނީ ޓޮޓެންހަމްގެ ގިނަ ހަމަލާތައް ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ސައުތްހެމްޕްޓަނުގެ ޑެނީ އިންގްސް ވަނީ ލަނޑު ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ހަމިނެޓު ފަހުން ޓޮޓެންހަމްގެ ލޫކަސް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑާއިއެކު ޓޮޓެންހަމްގެ ޓީމުން ކުރިޔަށްޖެހި ގިނަ ހަމަލާތަކެއް ސައުތްހެމްޕްޓަންގެ ގޯލަށް ފޮނުވައިލައިފައިވެއެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލީޑު ނަގައިދިން ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނި ސޮން އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމުގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކަމަށާއި ޓީމުގައި މިވަގުތު އަނިޔާގެ މައްސަލަ ބޮޑު ކަމަށެވެ. އަދި މިނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށް މޮރީނިއޯ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް