ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 11:23
ބާސާގެެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް
ބާސާގެެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް
ގެޓީ އިމޭޖަސް
އެރިކް އަބިދާލް
އަބިދާލް ބާސާގައި މަޑުކުރާނެ: ރިޕޯޓް
އަބިދާލް ދިން އިންޓަވިއުއަށް މެސީ ވަނީ ހޫނު ރައްދެއް ދީފައި
އެކަމަކު އަބިދާލް ބާސާގައި މަޑުކުރާނެ ކަމަށް ރިޕޯޓުތައް ބުނޭ

ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް އެޓީމުގައި މަޑުކުރާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ދާދި ފަހުން ސްޕެއިނުގެ ނޫހެއް ކަަމަށްވާ ޑާރިއޯ ސްޕޯޓްސް އަށް އަބިދާލް ދިން އިންޓަވިއުއެއްގައި މަސްލަހަތު ގެއްލޭ ވާހަކަތަކެއް ދައްކާފައިވާތީ އޭނާ އަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އަބިދާލް ބުނީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އެޓީމުގެ ބައެއް ކުޅުންތެރިންނާއި ވަލްވޭޑޭއާ ދެމެދު ހިތްހަމަނުޖެހުން އުފެދުނު ކަމަށްވެސް އަބިދާލް ބުންޏެވެ.

އަބިދާލް އަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ތުހުމަތުތަކެއް ކުރާއިރު، އެ ކުޅުންތެރިންގެ ނަން ހާމަކުރަން ޖެހޭނެ ކަމަށާއި ކުޅުންތެރިންގެ ނަން ހާމަނުކުރާނަމަ އެ ތުހުމަތުކުރެވެނީ މުޅި ޓީމަށް ކަމަށެވެ. އަދި ދަނޑުމަތީގައި ހިނގާ ކައްތައްތަކަށް އެންމެ ފުރަތަމަ ޒިންމާ ނަގަން ޖެހޭނީ ކުޅުންތެރިން ކަމަށާއި، މެޗެއްގައި ރަނގަޅަށް ނުކުޅެވިއްޖެ ނަމަ އެ ކުޅުންތެރިއަކަށް އެކަން ފާހަގަކޮށްދޭ ކަމަށެވެ. އަދި ވަކި ކުޅުންތެރިޔެއްގެ ނަން ނުހިމަނާ އެފަދަ ވާހަކަތައް ދެއްކުމުން ދޮގު މައުލޫމާތު ފެތުރި ޓީމު ބަދުނާމުވާ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

އެ އިންޓަވިއުއާ ގުޅިގެން ބުދަ ދުވަހުގެ ވަގުތެއްގައި ބާސާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ އަބިދާލްއާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށްފަހު އަބިދާލް ޓީމުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަބިދާލްގެ އެ އިންޓަވިއުގައި އޭނާ ވަނީ މެސީ، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އައު ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ބުނެފަ އެވެ. އެކަމަކު އަބިދާލްއަށް މެސީ ރައްދު ދިނުމުން، އައު އެއްބަސްވުމުގެ މަޝްވަރާތައް މަޑުޖެހިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް