ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 16:52
ކޭން އާއި މޮރިނިއޯ އެކުގައި
ކޭން އާއި މޮރިނިއޯ އެކުގައި
ގެޓީ އިމޭޖަސް
ހެރީ ކޭން
ލީގުގެ ފަހު ދެ މެޗުގައި ކޭންއަށް ކުޅެވިދާނެ: މޮރިނިއޯ
ކޭންއަށް އަނިޔަވީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު
އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ދެ މެޗުގައި އެޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ކުޅެވިދާނެ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ކޭންގެ ފައިގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.

މިގެ ކުރިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކޭން އަށް ލިބިފައިވާ އަނިޔާ ހީކުރި ވަރަށް ވުރެން ގޯސްވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ކޭން އަށް މި އަހަރު ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރި އެވެ.

އެކަމަކު ދާދި ފަހުން މޮރީނިއޯ ބުނީ ކޭންގެ ރިކަވަރީ މިހާތަނަށް ވަރަސް ރަނގަޅަސް ކުރިއަސް ގޮސްފައިވާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ދެ މެޗު ކަމަސްވަ ކްރިސްޓަލް ޕެލަސް އާއި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވިދާނެ ކަމަށެވެ.

ޓޮޓެންހަމްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާ އިން ރިޕޯޓުކުރާ ގޮތުގައި ކޭން އަށް މި ފަހަރު ލިބިފައިވާ އަނިޔާ ކުރިން ފަހަރުތަކަށް ވުރެ ސީރިއަސް އެވެ.

ކޭން އަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އަދި ޔޫރޯ ކޮލިފައިންގައި އިންގްލެންޑް ޓީމަށް އެންމެ ގިނަ ލަނޑު ޖެހީވެސް ކޭން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް