ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 13:14
ޕީއެސްޖީގެ ފޯވާޑް ނޭމާ
ޕީއެސްޖީގެ ފޯވާޑް ނޭމާ
ގެޓީ އިމޭޖަސް
ނޭމާ
ނޭމާއަށް އަނެއްކާވެސް އަނިޔާވެއްޖެ
ނޭމާއަށް އަނިޔާވީ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީއަށްފަހު
އަނިޔާއާ ގުޅިގެން ލީގުގައި ނޯންޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ނޭމާ ވަނީ ބާކީކޮށްފައި

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ، އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގެ ދެ ދުވަސްފަހުން އޭނާއަށް އަނިޔާވެއްޖެ އެވެ.

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހު މޮންޓެޕިއޭ އަތުން 5-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދީފައެވެ. އެކަމަކު އެ މެޗަށްފަހު 24 ގަޑިއިރު ނުވަނީސް އޭނާ އުފަންދުވަސް ފާހަގަކުރުމަށް ޕާޓީއެއް ބޭއްވިއިރު، އޭގެ ދެ ދުވަސް ފަހުން ނޭމާގެ މޭ ކަށިގަނޑަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަން ވަނީ ޔަގީންވެފައެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އޭނާ ކުޅުންތެރިން އަބަދުވެސް ދިފާއުކުރާނެ ކަމަށާއި، އެކަމަކު މެޗާ ގާތްކޮށް ޕާޓީއެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެ ޕާޓީގައި ޕީއެސްޖީގެ ގިނަ ކުޅުންތެރިން ބައިވެރިވި ނަމަވެސް، ޓުޗެލް ބުނީ އެ ޕާޓީއާ ގުޅިގެން ޓީމުގެ ސްކޮޑު އެކުލަވާލުމަށް އުނދަގޫ ނުވާނެ ކަމަށެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު އޮގަސްޓް މަހު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާއަށް އަނިޔާވުމުގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. އަދި ޕީއެސްޖީއަށް ބަދަލުވުމަށްފަހު އުމުރުން 27 އަހަރުގެ ނޭމާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް