ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 00:27
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ޝުއައިބް މުހައްމަދު އިގްބާލް
ކުޅިވަރު ފައިލް
އެސްއޭޕީގައި 70 މެޑަލް ޖަހާފައިވަނީ އޮޅުމަކުން: މިނިސްޓަރ މަހުލޫފް
އައިއޯއައިޖީގައި ހޯދާނެ މެޑަލްގެ އަދަދު ނިންމާނީ ކުޅިވަރުގެ އާއިލާއިން
ކުޅިވަރުގެ ޕްލޭންއެއް އެކުލެވިގެންދާނެ
އައިއޯއައިޖީ އަށް ތައްޔާރުވަމުން އަންނަ ކުޅުންތެރިން އެމުބާރާތަށް ތަމްރީންކުރުމުގެ ފުރުސަތު މިހާރުވެސް އެބައޮތް

ސަރުކާރުގެ ސްޓެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި، 2023 ވަނަ އަހަރު ރާއްޖެއިން 70 މެޑަލްއަށް ޓާރގެޓްކޮށް ޖަހައިފައިވަނީ އޮޅުމަކުންކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މަހުލޫފް ވިދާޅުވީ ސެޕްގައި 70 މެޑަލްއަށް ޓާރގެޓްކޮށް ޖެހާފައިވާ އަދަދު އެއީ ކޮން ކޮޅަކުން ދިން މައުލޫމާތެއްގެ މައްޗަށް ޖަހާފައިވާ އަދަދެއް ކަމެއް އެމަނިކުފާނަށް އެނގިނުލައްވާކަމަށެވެ. އައިއޯއައިޖީގައި ހޯދާނެ މެޑަލްގެ އަދަދު ނިންމާނީ ކުޅިވަރުގެ އާއިލާއިން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޭގެއިތުރުން މަހުލޫފް ވިދާޅުވީ ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި މެޑަލް ހޯދާނެ އަދަދު އެމަނިކުފާނަށް އެނގިނުލައްވާ ކަމަށާއި އެހެން ބުނާކަށް އެމަނިކުފާނަށް އަދި ނޭނގޭ ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ކުޅިވަރުގެ ޕްލޭނެއް އެކުލެވިގެންދާނެ ކަމަށާއި އޭގެ ބައެއް މަސައްކަތްތައް ސްޕޯޓްސް ކައުންސިލުން މިހާރު ވެސް ކުރަމުން ގެންދާ ކަމަށެވެ. އަދި މިހާރުވެސް އެސޯސިއޭޝަންތަކާއި، މަޝްވަރާކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައިއޯއައިޖީއަށް ތައްޔާރުވަމުން އަންނަ ކުޅުންތެރިން އެމުބާރާތަށް ތަމްރީންކުރަން މިއަދު ބޭނުންވިޔަސް އެފުރުސަތު ކުޅުންތެރިންނަށް ހޯދައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނެގި ވޯޓު ރާއްޖެއިން ކާމިޔާބު ކުރީ 4 ވޯޓުންނެވެ. ކޮމޯރަސް އަދި މަޑަގަސްކަރައަށް ލިބިފައިވަނީ އެއް ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް