ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 09:48
ޒަވީ
ޒަވީ
އޭޕީ
ޒަވީ
ބާސާގެ ކޯޗުކަމާ ހަވާލުނުވީ އަދި އަވަސްކަމުން: ޒަވީ
ބާސާގެ ކޯޗުކަން ކުރުން އެއީ ޒަވީގެ ހުވަފެނެއް

ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ ކޯޗުކަމާއި ހަވާލުނުވީ އަދި އަވަސްކަމުން ކަމަށް ބާސެލޯނާގެ ކުރީގެ މިޑްފިލްޑަރ ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ޒަވީ ބުނީ އޭނާ ބާސާއަށް ބަދަލުވާން ބާސާގެ ސްޕޯޓިންގ ޑިރެކްޓަރ އެރިކް އަބިޑަލްގެ އިތުރުން ބާސާގެ ޗީފް އެގްޒެކެޓިވް އޮސްކާ ގްރޫ އެދުނު ކަމަށާއި ނަމަވެސް އޭނާ މި އެއްބަސްވުމާއި ދެކޮޅު ހެދީކަމަށެވެ. ސަބަބަކީ ބާސެލޯނާ ކަހަލަ ބޮޑު ކްލަބެއްގެ ކޯޗުކަމާއި ހަވާލުވާން އަދި އަވަސް ވުމުން ކަމަށާއި، ނަމަވެސް ބާސާގެ ކޯޗު ކަމާއި ހަވާލުވުން އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ވަލްވާޑޭ ބާސާގެ ކޯޗުކަމުން ވަކިކުރުމަށްފަހު އެޓީމުގެ ކޯޗުކަން ހަވާލުކުރީ ކުރިން ރެއާލް ބެޓިސްއަށް ކޯޗުކަން ކޮށްދިން ކީކޭ ސެޓިއެން އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާއިން ސެޓިއެން އާއި މަގާމު ހަވާލުކުރީ އޭނާ އަކީ ޒަމާނުއްސުރެ ބާސެލޯނާ ކުޅެމުން އަންނަ ސްޓައިލް ދަންނަ އެޓޭކިންގ ސްޓައިލަށް ކުޅުވަމުން އަންނަ ކޯޗަކަށް ވުމުން ކަމަށެވެ. ނަމަވެސް އޭނާއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ބާސާ ފަދަ ބޮޑު ޓީމެއްގައި ނަތީޖާ ނެރެން ކުރިމަތިވާ ޕްރެޝަރގެ މައްސަލައެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ވަލްވޭޑޭ ވަނީ ބާސާއަށް ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފައެވެ. އަދި މި ސީޒަނުގައި މިހާތަނަށް ބާސާއިން އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. އޭނާ މަގާމުން ވަކިކުރީ ނަތީޖާއެއް ވަރެއްގައި ނުހިފެހެއްޓޭތީ އާއި ބާސާގެ ކުޅުން ދަށްވުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް