ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 19:49
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ބާސެލޯނާ
ސުއަރޭޒަށް އަނިޔާވެ، ބާސާއިން ފޯވަޑެއް ހޯދަނީ
ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސުއަރޭޒް އޮޕަރޭޝަންއެއް ކުރަން ޖެހޭ
ސުއަރޭޒްއަށް އެންމެ އަވަހަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ހަ ހަފްތާ ފަހުން

ބާސެލޯނާއަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒްގެ ކަކުލަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމުން އެޓީމުން ޖަނަވަރީ މަހުގެ ޓްރާންސްފަރ މާކެޓްގައި ފޯވާޑެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާ ހީކުރިވަރަށްވުރެ ސީރިއަސްއެވެ. އަދި ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އިތުރު އޮޕަރޭޝަންއެއް ކުރަން ޖެހިފައިވާ ކަމަށާއި އެހެން ކަމުން ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ފަރުވާގެކަންކަން ކުރިޔަށް ގެންދާ ކަމަށް ބާސާއިން ބުނެއެވެ. އަދި ސުއަރޭޒްއަށް އެންމެ އަވަހަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ހަ ހަފްތާ ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާއިން ފާރަލަމުން އަންނަނީ ފްލެމިންގޯއަށް ކުޅެމުން އަންނަ ގަބްރިއެލް ބާބޯސާ (ގަބިގޯލް) އާއި ލިޔޯންގެ ފްރާންސް ފޯވާޑް މޫސާ ޑެމްބެލޭ އެވެ. މި ދެކުޅުންތެރިން ހޯދުމަށް އިނގރޭސި ކްލަބް ޗެލްސީއިން ވެސް މަސައްކަތްކުރެއެވެ.

ބާސެލޯނާ މި ވަގުތު ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިޓަލީގެ ނަޕޯލީއާ ބައްދަލުކުރާނެ އެވެ. އެ ދެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ބާސެލޯނާ އިން އަމާޒުހިފާފައިވާއިރު، އެކަން ކުރުމަށް ހަމައެކަނި މެސީ އާއި ގްރީޒްމަންގެ އިތުރުން ޒުވާން ތަރި އަންސޫ ފާޓީ އާއި އަނިޔާގެ މައްސަލަ ގިނައިން ކުރިމަތިވަމުން އަންނަ އޮސްމާން ޑެމްބެލޭ އަށް ބަރޯސާވެވެން

ނެތް ކަމަށްވާ ބާސެލޯނާގެ މެނޭޖްމަންޓުން ގަބޫލުކުރާ ކަމަށް މީޑިއާ ރެޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް