ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:42
ރެއާލް މެޑްރިޑް އަދި ގެޓަފޭ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް މެޑްރިޑް އަދި ގެޓަފޭ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ލަލީގާ: ރެއާލުން ފަސޭހަކަމާއިއެކު ގެޓަފޭ ބަލިކޮށްފި
މި މެޗު ރެއާލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން
މެޗުގައި ރެއާލްގެ ޑިފެންޑަރ ވަރާން ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ
ރެއާލްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރ މޮޑްރިޗް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ގެޓަފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކޮށްފިއެވެ.

ގެޓަފޭ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ރެއާލުން ވަނީ ގެޓަފޭގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފޭލް ވަރާންއެވެ. މި ލަނޑަށްފަހުވެސް ރެއާލްގެ ކުޅުންތެރިންނަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި ރެއާލްގެ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއަށް ފޮނުވާލި ބޯޅަ ގެޓަފޭގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ރެއާލުން ގެންދިޔައީ ފުލުފުލުގައި ގަޓަފޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުނެ މެޗުގެ 53 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވަރާންއެވެ. މި ލަނޑަށްފަހު ވެސް ރެއާލްގެ ކުޅުންތެރިންނަށްވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ރެއާލްގެ ގެރެތް ބޭލް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވައިލައިފައެވެ. ނަމަވެސް އޭނާ ފޮނުވައިލި

ހަމަލާ ގެޓަފޭގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގައި ރެއާލުން ޖެހި ފަހު ލަނޑު އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗްއެވެ.

މި ނަތީޖާ އާއި އެކު ރެއާލުން އޮތީ 19 މެޗުން ލިބުނު 40 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވެސް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 19 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް