Advertisement
ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 22:30
ތިމާވެއްޓާ ބެހޭ ވަޒީރު- އާންމުންނަށް ވަޒީރާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ތިމާވެއްޓާ ބެހޭ ވަޒީރު- އާންމުންނަށް ވަޒީރާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ޔޫސުފް ސޮފްވާން ރަޝީދު
ތިމާވެށި
އެއްވެސް އެޕޮއިންޓްމެންޓަކާ ނުލާ ތިމާވެއްޓާ ބެހޭ ވަޒީރާ ބައްދަލުކުރުމުގެ ފުރުސަތު
ކޮންމެ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން 10:00 ށް އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލައި އާންމުންނަށް މިނިސްޓަރާއި ބައްދަލު ކުރެވޭނެ

2020 ވަނަ އަހަރު ފެށުމުން ތިމާވެއްޓާ ބެހޭ މައްސަލަތަކާއި ގުޅޭގޮތުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނާއި ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށް މިނިސްޓަރ ނިންމަވައިފިއެވެ.

Advertisement

އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގަ ބުނެފައިވަނީ ކޮންމެ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން 10:00 ށް އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލާ ޢާންމުންނަށް މިނިސްޓަރާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.

ތިމާވެއްޓާއި ގުޅުންހުރި އެކި އެކި މައްސަލަތަކާއި ގުޅިގެން ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ މިނިސްޓަރާއި މިހާރުވެސް ބައްދަލު ކުރަމުންނެވެ. މީގެއިތުރުން ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މައްސަލަތަކާއި ގުޅިގެން ޢާންމު ރައްޔިތުން އަންނަނީ ސޯޝަލް މީޑިޔާގައި އެކިއެކި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫޢުތައް ފެއްޓެވުމަށް މިނިސްޓަރ އެކި ރަށްރަށަށް ވަޑައިގެންނަވާއިރު، އެރަށްރަށުގެ ތިމާވެށީގެ ޙާލަތު އަންނަނީ ބައްލަވަމުންނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ދަށުން ކުނި މެނޭޖު ކުރުމާއި، ފެނާއި ނަރުދަމާ، އިޔާދަ ކުރަނިވި ހަކަތަ މޫސުމަށް އަންނަ ބަދަލުތައް އަދި ރަށް ގިރުމާއި ގުޅުންހުރި ކަންކަން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށްވެސް އެކިއެކި މަސައްކަތްތައް އެވުޒާރާއިން އަންނަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
1 ޖެނުއަރީ 2020 | ބުދަ 08:37
އަހުމަދުސޯލިހު
سبحان الله. ތިޔައީ ދުނިޔެމަތީ ދިވެއްސަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްބާ! މީކޮންތާކުން އައިސްއުޅޭ މަރުމޯލެއްބާ. ތިމާވެއްޓޭބެހޭގޮތުން ނޫނީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އެޕޮއިންޓްމެންޓަކާނުލާ ސީދާމިކަލޭފާނާ ބައްދަކުވާނެޔޭ ކިޔައިގެން ނޫސްތަކަށް ބަޔާންދޭއިރު ކޮންކަހަލަ ވިސްނުމެއްގަބާ ހުންނެވީ.