ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަހަރީ ޗުއްޓީ ހޭދަކޮށްލެއްވުމަށް އަންގާރަ ދުވަހު ލަންކާއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ޞާލިޙު ލަންކާއަށް ވަޑައިގަންނަވާނީ ހަތަރު ދުވަހަށެވެ. ޗުއްޓީ ނިންމަވާލެއްވުމަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ހުކުުރު ދުވަހުއެވެ.
ރައީސްގެ ޢާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގައެވެ. މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާ އަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދަޢުވަތަކަށް ރައީސް ޞާލިޙު އެ ޤައުމަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.