ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 20:46
ޗެލްސީއަށް ކުޅޭ އިންގްލެންޑުގެ ފޯވާޑް ޓެމީ އެބްރަހަމް
ޗެލްސީއަށް ކުޅޭ އިންގްލެންޑުގެ ފޯވާޑް ޓެމީ އެބްރަހަމް
ޓްވިޓަރ
ޗެލްސީ
އަބްރަހަމްގެ ޑިމާންޑުތަކާއި ގުޅިގެން ކޮންޓްރެކްޓް އައުކުރުމުގެ މަޝްވަރާތައް ހުއްޓުމަކަށް
އޭނާ ދަނީ 180000 ޕައުންޑުގެ މުސާރައަކަށް ޑިމާންޑުކުރަމުން
އެބްރަހަމްއަކީ ޗެލްސީގެ އެއް ނަމްބަރު ފޯވާޑު
މި ސީޒާނުގައި އޭނާ ވަނީ ޗެލްސީއަށް 14 ލަނޑު ޖަހައިދީފައި

މުސާރައިގެ ޑިމާންޑުތައް ބޮޑުވުމާއި ގުޅިގެން ޗެލްސީގެ ހުނަރުވެރި ފޯވާޑް ޓެމީ އެބްރަހަމްގެ ކޮންޓްރެކްޓް އައު ކުރަން އެކްލަބުން ކުރަމުން އައި މަޝްވަރާތައް ހުއްޓުމަކަށް އައިސްފިއެވެ.

އެބްރަހަމް އަންނަނީ ޗެލްސީއަށް ކުޅެމުން އަންނަ ކަލުމް ހަޑްސަން-އޮޑޯއީއާ އެއްވަރުގެ މުސާރައެއް ދިނުމަށް ޑިމާންޑުކޮށްފައެވެ. ހަޑްސަން-އޮޑޯއީއަށް ހަފްތާއަކު 180000 ޕައުންޑުގެ މުސާރައެއް ލިބެއެވެ.

ފުޓްބޯޅަ ހަބަރު ގެނެސްދޭ ގޯލް.ކޮމްއިން ރިޕޯޓްކޮށްފައިވާ ގޮތުންނަމަ، އެބްރަހަމްގެ ކޮންޓްރެކްޓުގައި އަދި ބާކީ ދެ އަހަރާ ބައި އޮތުމާއިއެކު، ޗެލްސީން އޭނާގެ ކޮންޓްރެކްޓް އައު ކުރުމަކީ މިހާރަށް ބޭނުންކަމެއް ކަމަށް ނުދެކެއެވެ. ހަޑްސަން-އޮޑޯއީގެ ކޮންޓްރެކްޓް އައު ކުރިިރު އޭނާގެ ކޮންޓްރެކްޓްގައި އޮތީ ބާކީ އެންމެ އަހަރެކެވެ.

މިސީޒަނުގެ ތެރޭގައި އެބްރަހަމް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެހެން ކްލަބުތަކުން އޭނާއަށް ފާރަލާތާ ދުވަސްތަކެއް ވެއްޖެއެވެ. މި ސީޒަނުގައި އޭނާ ވަނީ ޗެލްސީއަށް 14 ލަނޑު ޖަހައިދީފައެވެ. 22 އަހަރުގެ އެބްރަހަމްއަކީ މިހާރު ޗެލްސީގެ އެއް ނަމްބަރު ފޯވާޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް