Advertisement
ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 13:07
އަންގާރަ ދުވަހު ފުލުހުން ބޭއްވި ޕްރެސްކޮންފަރެންސް
އަންގާރަ ދުވަހު ފުލުހުން ބޭއްވި ޕްރެސްކޮންފަރެންސް
ޕޮލިސް
ފުލުހުން
އާ އަހަރާއި ދިމާކޮށް ކުށްތަކަށް އަރައިގަންނަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވޭ: ފުލުހުން
އޮޕަރޭޝަން 'ރިވެލި'ގެ ނަމުގައި އޮޕަރޭޝަނެއް ދަނީ ހިންގަމުން
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އުޅަނދުތައް ބަލާ ފާސްކޮށްފައިވޭ
ފޭރުމަށް ބޭނުން ކުރާ އާލާތްތައް ފެނިފައިވޭ

އާ އަހަރު ފާހަގަ ކުރުމަށް މާލެ، ހުޅުމާލެ، ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާތަކުގައި ކުށްތަކަށް އަރައިގަންނަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

Advertisement

އަންގާރަ ދުވަހު ފުލުހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ 22 ޑިސެމްބަރުން ފެށިގެން އޮޕަރޭޝަން 'ރިވެލި'ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލޭގައި އުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގާ މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އުޅަނދުތައް ބަލާ ފާސްކޮށްފައިވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް މިހާތަނަށް 6867 އުޅަނދެއް ބަލާ ފާސްކުރެވިފައިވޭ. 908 މީހަކު ބަލާ ފާސްކޮށްފައިވޭ. ފޭރުމަށް ބޭނުން ކުރާ އާލާތްތަކާއި އަހަރު ފާހަގަކުރުމަށް ބޭނުންކުރާ އާލާތްތައް ހޯދުމަށް ފޭރިފައިވާ ފައިސާއާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރަން އާލާތްތަކާއި މަސްތުވާތަކެތި ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިހާރު ވަނީ އަތުލައިގަނެފައި
ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު

އަދި މިފަދަ އަމަލުތައް މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މިހާރު ޕެޓްރޯލް ކުރަމުންދާ ޕެޓަރންތަކަށް ބަދަލުގެނެސް، އަދި އެފަދަ އަމަލުތައް ހިނގާފާނެ ކަމަށް ބެލެވޭ ބައެއް ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޝައްކުކުރެވޭ ފަރާތްތަކުގެ ހަށިގަނޑު ބަލާ ފާސްކުރާނެ ކަމަށާއި އުޅަނދުތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކާއި ގެސްޓުހައުސްތައް ބަލާ ފާސްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް