Advertisement
ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 13:00
ބޮޑު ތިން މަރު
ބޮޑު ތިން މަރު
ޓްވިޓަރ
ޕީޖީ
ބޮޑު ތިން މަރާއި ގުޅިގެން މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދުނު މައްސަލަ އަނބުރާ ފޮނުވާލައިފި
މައްސަލަ އަނބުރާ ފޮނުވާފައިވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ
ދައުވާ ނުކުރުމަށް ނިންމާފައެއް ނުވޭ
މަރު ކޮމިޝަނުން ފޮނުވީ 2 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް

ބޮޑު ތިން މަރާއި ގުޅިގެން މުހައްމަދު މަޒީދު އާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ފޮނުވި މައްސަލައިގެ ތަހުގީގު ބައެއް ކަންކަން ފުރިހަމަ ނުވާތީ އެ މައްސަލަ އަނބުރައި ފޮނުވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވީ، އެ ދެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިނުވާކަމަށާއި، މައްސަލަ އަނބުރައި ފޮނުވާފައިވަނީ ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަ ނުވާތީކަމަށެވެ. ޝަމީމު ވިދާޅުވީ އިޖުރާއީ ގޮތުންވެސް އަދި އިތުރަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތަކެއް އެބަހުރިކަމަށެވެ.

ޑރ އަފްރާޝީމް އާއި ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތު ކުރެވޭ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދު އާއި ސާމިތް މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ހުށަހަޅާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މީގެކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޑރ އަފްރާޝީމްގެ މައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް އަދި މީހެއްގެ މައްޗަށް ދައުވާކުރުމުގެ ޖާގައެއް ނެތްކަމަށެވެ. އަދި މަރުގެ ރިޕޯޓް ނެރުމާއެކު ދެފަހަރެއްގެ މަތިން ކޮމިޝަންގެ ބޭފުޅުންނާއި، ޕީޖީ އޮފީހުގެ ބޭފުޅުންނާއި އަދި ފުލުހުންގެ އިސްވެރިންނާއި މިނިސްޓަރ އަމިއްލަ ފުޅަށް ބައްދަލުކުރެއްވި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ އަދި ހައްޔަރުކުރެވޭނެ އެއްވެސް މީހަކު ހުރިތޯ އެއްސެވި ކަމަށާއި އެއާގުޅިގެން ކޮމިޝަންގެ ބޭފުޅުން ވިދާޅުވީ އެވަގުތުގައި އެކަން ދެންނެވެން ނެތްކަމަށް ކަމަށެވެ.

މީގެކުރިން މަރާލައިފާއިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައިސްއަކަށް އެއިރު ހުންނެވި ހުސްނުއް ސުއޫދު ވިދާޅުވީ ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ރިޕޯޓުގައިވާ ތިން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. އަދި އެކަންތައް ވޭތުވެދިޔަ ހަތް އަހަރު ޕޮލިސް ސަރވިސްއަށް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު އެއްކޮށްފައިވާ މައުލޫމާތުތަކުންވެސް އެނގޭކަމަށް ސުއޫދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް