Advertisement
ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 12:50
ބަލި މީހަކު ގޮވައިގެން ދިޔަ ސީ އެމްބިއުލާންސް އަޑިއަށް ގޮސްފައި
ބަލި މީހަކު ގޮވައިގެން ދިޔަ ސީ އެމްބިއުލާންސް އަޑިއަށް ގޮސްފައި
އެމްއެންޑީއެފް
އެމްއެންޑީއެފް
ނެރު ފައިކަށީގައި ޖެހި ގެއްލުން ލިބުނު ސީ އެމްބިއުލާންސް އަޑިއަށް ގޮސްފި
ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބުނީ ހޯމަ ދުވަހުގެރޭ ފަތިހު 5:30 ގައި
ހާދިސާ ހިނގި އިރު ލޯންޗުގައި 7 މީހުން ދަތުރުކުރި
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ

ނެރުން ނިކުންނަށް އުޅެނިކޮށް، ނެރުގެ ފައިކަށީގައި ޖެހި ގެއްލުންވި ސީ އެމްބިއުލާންސް އަޑިއަށް ގޮސްގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމާގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު އެންޑް ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)އަށް ލިބިފައިވަނީ ހޯމަ ދުވަހުގެރޭ ފަތިހު 5:30 ގައި ކަމަށާއި، ހާދިސާ ހިނގި އިރު ލޯންޗުގައި 7 މީހުން ދަތުރުކުރި ކަމަށެވެ.

Advertisement

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ލޯންޗު އަޑިއަށް ގޮސްފައިވަނީ އޭގައި ތިބި އެންމެން ސަލާމަތްކުރި ފަހުން ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

ބަލި މީހަކު ގޮވައިގެން ދިޔަ ސީ އެމްބިއުލާންސް އަޑިއަށް ގޮސްފައި

އެމްއެންޑީއެފުން ބުނީ، ލޯންޗު ދިޔަވާންފެށީ ނ މާޅެންދޫ ނެރުން ނުކުންނަން އުޅެނިކޮށް ރާޅެއް ޖެހުމުގެ ސަބަބުން ލޯންޗު ނެރު ތޮށިގަނޑުގައި ޖެހި ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގަރޑުން މިހާރު އަންނަނީ، މޫދު އަޑިން ލޯންޗު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް