Advertisement
ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 09:29
އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަރުގެ ބޭފުޅުންނާއެކު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަރުގެ ބޭފުޅުންނާއެކު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން
ގުރުއާން މުދައްރިސުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި
އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ޓީޗަރުން ތަމްރީނުކުރާ ކޯސްތަކުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެވުނު

ސްކޫލްތަކަށް މުދައްރިސުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ގުރުއާނާ ބެހޭ މަރުކަޒުގެ ބޭފުޅުންނާއެކު އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މަޝްވަރާކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓަރު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ޤުރްއާން މުދައްރިސުން ލިބުމަށް ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

Advertisement

މީގެއިތުރުން މި ބައްދަލުވުމުގެ ތެރެއިން އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ޓީޗަރުން ތަމްރީނުކުރާ ކޯސްތަކުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމާބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ސްކޫލްތަކަށް ޓީޗަރުން ހަމަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް