Advertisement
ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 12:28
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު
ރައީސް އޮފީސް
މިނިސްޓަރ މަލީހު
ރާއްޖެއަށް އޮތް ހައްލަކީ ވަރޓިކަލް ސިޓީޒް: މަލީހު
ވަކާލާތު ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެއްވެސް ރަށެއް ނުފުރޭ ކަމަށް
ވަރޓިކަލް ސިޓީޒް ތަކަކީ ބުރިބުރިއަށް ޑިޒައިން ކުރެވިގެން ތަރައްގީ ކުރެވޭ ސިޓީތައް
އަނެއް ގޮތަކީ ހޮރިޒޯންޓަލް ސިޓީޒް ތަރައްގީ ކުރުން

ރާއްޖެއަށް ބޭނުންވާ ހައްލަކީ ވަރޓިކަލް ސިޓީޒް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓުގައި ވަކާލާތު ކުރައްވާފައިވަނީ، ރާއްޖޭގެ އެއްވެސް ރަށެއް ނުފުރޭ ކަމަށެވެ. އެއީ ބުރިބުރިއަށް ނަގައިގެން ޖާގަ އިތުރުކުރުމާއި ހުސްބިމުން ގޯތި ދެވޭނެ ތީ ކަމަށެވެ.

ވަރޓިކަލް ސިޓީޒް ތަކަކީ ބުރިބުރިއަށް ޑިޒައިން ކުރެވިގެން ތަރައްގީ ކުރެވޭ ސިޓީ ތަކެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއިން މިނިސްޓަރާއި ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އޮތް އަނެއް ގޮތަކީ ހޮރިޒޯންޓަލް ސިޓީ ތަރައްގީ ކުރުންކަމަށެވެ. އެއީ މަތިމައްޗަށް އިމާރާތްތައް ނުނަގާ، ބިމުގެ ބޮޑުބައެއްގައި އިމާރާތްކޮށްގެން ކުރެވޭ ތަރައްގީ ކަމަށެވެ. މަލީހު ވިދާޅުވީ ރާއްޖެ ފަދަ ބިން މަދު ގައުމަކަށް ބޮޑަށް ރަނގަޅުވާނީ ރަނގަޅަށް ޑިޒައިން ކުރެވިގެން ބުރިބުރިއަށް ނެގޭ ތަރައްގީ ކަމަށެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވެފައިވާއިރު އޭނާ ވަނީ ހޮނިހިރު ދުވަހު، މާލެ ފުރެން އަދި ކައިރިވެސް ނުވާކަމަށާއި މާލެއަކީ މިހާރު ހުޅުމާލެ ދެވަނަ ފިޔަވައްސާ، ވިލިމާލެ، ގުޅިމާލެ (ގުޅިފަޅު)، ތިލަމާލެ (ތިލަފުށި) ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ. މި ސަރަޙައްދު ވެގެންދާނީ ބޮޑު ސަރަޙައްދަކަށް ކަމަށާއި ހައުސިންގގެ ތަފާތު ވައްތަރުތައް އަންނަވީ ކަމަށް މިނިސްޓަރގެ އެ ޓްވީޓުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް