Advertisement
ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 18:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކޮމަންޑޫ ކައުންސިލަރުން މެމްބަރުންނާއެކު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކޮމަންޑޫ ކައުންސިލަރުން މެމްބަރުންނާއެކު
ރައީސް އޮފީސް
ށ.ކޮމަންޑޫ
ކޮމަންޑޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ހިއްސާކުރެއްވި
ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމާބެހޭގޮތުން މަޝްވަރާކުރެއްވި
އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކޮށްދިނުމަށް އެދިފައިވޭ

ށ. ކޮމަންޑޫގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޞާލިޙާއި ހިއްސާކުރައްވާފައެވެ.

އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން، ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ޞަރަޙައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތާއި، ކޮމަންޑޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސް ޞާލިޙާއި މަޝްވަރާކުރައްވާފައެވެ.‎

Advertisement

ރަށަށް ދިމާވެފައިވާ މުހިއްމު ބައެއް އިތުރު ކަންކަމުގެ ގޮތުގައި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާއި، ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތައް، ކައުންސިލަރުން ވަނީ ރައީސް ޞާލިޙާއި ހިއްސާކުރައްވާފައެވެ.‎

މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން އެމަނިކުފާނާ ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ޙައްލުކުރެވެންހުރި މައްސަލަތަކުގައި އެރަށު ކައުންސިލަށް އެހީތެރިވެދެއްވާނެކަމުގައި ވިދާޅުވިއެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ މިހާރުވެސް އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާ ކަންތައްތައްކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް