ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 16:19
ތަމްރީން ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތަމްރީން ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް
ސްޕޯޓްސް ކައުންސެލަރސް ޓްރެއިނިންގ ޕްރޮގުރާމު ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓް ދީފި
މި ޕްރޮގުރާމުގައި 54 ބައިވެރިން ބައިވެރިވި
ޕްރޮގުރާމު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރީ 40 ބައިވެރިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން ކޮންމެ ރަށަކަށް ޢައައްޔަނުކުރާ ސްޕޯޓްސް ކައުންސެލަރުންގެ ތިންވަނަ ބެޗުގެ ތަމްރީނު ޕްރޮގުރާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މާލޭގައި ކުރިޔަށް ގެންދިޔަ މި ޕްރޮގުރާމުގައި 54 ފަރާތަކުން ބައިވެރިވިއިރު، ޕްރޮގުރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލުކުރީ 40 ބައިވެރިންނެވެ. ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގުރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓް ދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއިނުޓީ އެމްޕަވަރމަންޓަ އަޙްމަދު މަޙްލޫފްއެވެ.

މި ޕްރޮގުރާމުގައި ބައިވެރިންނަށް އިރުޝާދު ދެއްވީ ޝަޒްނާ އަޙްމާއި ހުސައިން ޒިނާންގެ އިތުރުން އިސްމާއީލް އަހްމަދެވެ. އެގޮތުން ބައިވެރިންނަށް ވަނީ މޫދު ކަސްރަތާއި، ފިޓްނެސް އަދި ފަސްޓް އެއިޑާއި ގުޅޭ ސެޝަންތައް ކުރިޔަށް ގެންގޮސްފައެވެ. ހަމައެހެންމެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއިން ވަނީ މި ޕްރޮގުރާމުގެ ތެރެއިން އެކި ސެޝަންތައް ބައިވެރިންނަށް ހިންގާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ސްޕޯޓްސް ކައުންސެލަރުން ހަރަކާތްތެރިވަމުން އަންނައިރު ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސެލަރަކު ޢައްޔަނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޢުދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް