Advertisement
ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 12:46
ތިލަފުށި
ތިލަފުށި
ވިކިޕީޑިއާ
ައަލިފާނުގެ ހާދިސާ
ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
މި ހާދިސާގައި ބިދޭސީއެއް ވަނީ ފިހިފައި
ފުލުހުން ވަނީ އަލިފާން ނިއްވާލާފައި

ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.

މީޑިއާތަކަށް މައުލުމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެފައިވާ މައްސަލަ 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި ހާދިސާގައި ފިހުނު ބިދޭސީއަކު ފަރުވާއަށް މާލެ ގެނެސްފައިވާކަމަށެވެ.

Advertisement

އިތުރަށް ފުލުހުން ބުނެފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތަކުން އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށާއި މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް