Advertisement
ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 11:37
ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް
ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް
ޕޮލިސް
ފޮލިސް
ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ބިދޭސީއަކު ހައްޔަރުކޮށްފި
އެކި ބްރޭންޑުތަކުގެ 42 ފުޅި ބަނގުރާ ފެނިފައިވޭ
ގެއިން 203 ދަޅު ބިޔަރު ފެނިފައިވޭ

ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 19:20 ހާއިރު ކ. މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ބަނދަރުމަތީ ހުރި މީހަކަށް ތުހުމަތު ކުރެވިގެން ބަލާ ފާސްކުރުމުގެ ތެރެގައި ކަމަށެވެ.

އެގޮތުން އެ ބިދޭސީ މީހާ އަތުން 7 ދަޅުގެ ބިޔަރު ފެނިފައިވާ ކަމަށެވެ. އަދި އެއީ 24 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް، ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ 21:35 ހާއިރު އޭނާ ދިރިއުޅެމުންދާ ގެ ފާސްކުރިއިރު އެކި ބްރޭންޑުތަކުގެ 42 ފުޅި ބަނގުރަލާއި 203 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް