Advertisement
ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 12:59
ރައީސް ޔާމީން
ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ޕީޕިއެމް/ޕީއެންސީ
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނަމަ، އިދިކޮޅުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަނީ!
އިންތިހާބަށް ރައީސް ޔާމީން މިނިވަންވާނެ: އާދަމް ޝަރީފް
ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަަމަށް އިދިކޮޅުން ދަނީ ބުނަމުން
އިދިކޮޅު ކޮޅުބެދިއްޖެ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައި

މަނީލޯންޑަރ ކުރުމުގެ ކުށުގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނަމަ އެއްވެސް ކެނޑިޑޭޓަކު ނުނެރޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ވިސްނުމަކީ ކޮބައިތޯ ރާއްޖެ.އެމްވީން ސުވާލުކުރުމުން ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕާޓީގެ ވިސްނުމަކީ އިންތިހާބުގައި ބައިވެރިނުވެ އިންތިހާބު ބޮއިކޮޓް ކުރުން ކަމަށެވެ.

އެކަމަކު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ނަޒަރުގައި އިންސާފުވެރި ޝަރީއްޔަތެއް ކޮށްފިއްޔާ ރައީސް ޔާމީން ޖަލުން މިނިވަންވެ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެއެވެ. އަދި އިންތިހާބަށް ޔާމީން މިނިވަންވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement

ޕީއެންސީގެ ނައިބް ރައީސް ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕްގައި ރިޔާސީ ކެނޑިޑޭޓަކަށް ނެރެވޭނެވަރުގެ، ގާބިލް ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ނަމަވެސް ޕާޓީގެ ސްޓޭންޑަކީ އަދި މެމްބަރުންވެސް ބޭނުންވަނީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނެރުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔާމީނުގެ މައްޗަށް ދަައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ޖަލަށްލާފައިވަނީ ނުހައްގުންކަމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ކުރެވިފައިވަނީ ސިޔާސީ ދައުވާއެއް ކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ޔާމީންގެ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ބައެއް ބޭފުޅުންވަނީ ރައީސް ސޯލިހުއާވެސް ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 00:56
ކޮތަރުބިސް
ޕީޕީ އެމުން އިންތިހާބު ބޮ އިކޮޓް ކުރިޔަސް މިރާ އްޖޭގަ ވޯޓުލާންތިބިހާބަޔަކު ވޯޓުލާނެ އެހެނޭ ކިޔާފަ ޔާމީނާ ފާތުން އާ އަދުރޭ ވޯޓުނުލާ ތިބެދާނެ (ބަލަ މީގޮޢްމުށަކަ އް ނުސިހޭ ދިވެހިން)
29 ޑިސެންބަރ 2019 | އާދީއްތަ 18:08
ރތ56
އެންމެ ފަހު ވަގުތު ތަޅާ ފޮޅާނެ.. ކޮންބައެއްތީ؟؟ މިނިކާ ބާޒު ތަކެއްތީ
28 ޑިސެންބަރ 2019 | ހޮނިހިރު 13:53
ޕަރީ
ޙޫ ކެއަރސް! ?