Advertisement
ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 09:01
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ގޫގުލް
ފުލުހުން
ފޭރުމުގެ ހާދިސާއެއްގައި ތޫނުއެއްޗަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލައިފި
އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް
އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗި ވަރަށް ފުންކޮށް ކަފާލާފައިވޭ

ފޭރުން އުޅުމުގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ 23:26 ހާއިރު ބޮޑުފުންގަނޑުމަގުގައި ހިނގި ހާދިސާއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ ކަރނިވަލް ކައިރިން ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް އަނިޔާ ލިބިފައިވަނީ ވޮލެޓޫ ފޭރުމުގެ ތެރޭގައި ކަމަށާއި އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗި ވަރަށް ފުންކޮށް ކަފާލާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް