Advertisement
ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 22:51
ރަށަކަށް އުދަ އަރާ ފެންބޮޑުވެފައި
ރަށަކަށް އުދަ އަރާ ފެންބޮޑުވެފައި
މޫސުން
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ: މެޓް
ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށެވެ.

Advertisement

ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ މޫސުންލަފާކުރާގޮތަށް ބަލާއިރު، އިރުއުތުރާއި އިރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް